ދިވެހިރާއްޖެ
އިޢުލާން
މާލޭގެ "ރިންގ ރޯޑް" ޢާއްމުކޮށް ހުޅުވާލުމާއިބެހޭ
މާލޭގެ ބޮޑުތަކުރުފާނުމަގު (ރިންގ ރޯޑް) ރަނގަޅު ފެންވަރަކަށް ހަދައި ޢާއްމުކޮށް ބޭނުންކުރުމަށް ހުޅުވާލުމާއި ގުޅިގެން، އެމަގު ތަރައްޤީ ކުރުމުގެ މަސައްކަތަށް ބޮޑުތަކުރުފާނު މަގުގެ ބޮޑުބައެއް ބަންދުކޮށް، އެމަގާ ގުޅިފައިވާ ބައެއް މަގުތަކާއި ގޯޅިތަކުގެ ޓްރެފިކް ފްލޯއަށް 19 ޖޫން 2018 ގައި ގެނެވުނު ވަގުތީ ބަދަލުތައް އުވާލައި، މިދަންނަވާ ބަދަލުތަކާއިއެކު، 06 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެރޭ 20:00 ގައި ރިންގ ރޯޑް ހުޅުވާލާ ގޮތަށްވަނީ ހަމަޖެހިފައެވެ.
- ކުރިޔެކޭ އެއްގޮތަށް ބޮޑުތަކުރުފާނު މަގުގެ ކުރަނގި ގޯޅި އާއި ހަމައިން ފިލިގަސްމަގާ ހަމައަށް އެއްކޮޅަށް ހުޅަނގުން އިރަށް ދުއްވާގޮތަށް ހަމަޖެއްސުން
- ފިލިގަސްމަގު މިހާރެކޭ އެއްގޮތަށް އެއްކޮޅަށް އުތުރުން ދެކުނަށް ދުއްވާގޮތަށް ހަމަޖެއްސުން
- މެހެލި ގޯޅި ފިލިގަސްމަގުން ފެށިގެން ބޮޑުތަކުރުފާނު މަގާ ހަމައަށް އެއްކޮޅަށް، ފިލިގަސް މަގުން ވަދެވޭ ގޮތަށް އަދި ނަސަންދުރާ އިރުން ބޮޑުތަކުރުފާނު މަގަށް ނުކުމެވޭ ގޮތަށް ހަމަޖެއްސުން
މިބަދަލު ގެނައުމާއިއެކު، އެސަރަޙައްދުގެ މަގުތަކުގައި ބަހައްޓާ ޓްރެފިކް ނިޝާންތަކާއި އެއްގޮތަށް އަމަލުކުރެއްވުމަށް ދެންނެވީމެވެ. އަދި މިމަގު އަލުން ބޭނުންކުރަން ފަށާއިރު، މިމަގަކީ ހަމައެކަނި އެއްގަމު އުޅަނދު ދުއްވުމާއި ހިނގާބިނގާވެ އުޅުމަށް ހަމަޖައްސާފައިވާ މަގަކަށްވާތީ، އިއްޒުއްދީން މަގާއި ހަމައިން ފެށިގެން ހުޅުމާލެ ފެރީ ޓަރމިނަލް އާއި ދެމެދު އެމަގުގެ އެއްވެސް ތަނެއްގައި އެއްގަމު އުޅަނދު ޕާކު ކުރުމަކީ މަނާކަމެއް ކަމުގައިވެސް ދެންނެވީމެވެ.
25 ޛުލްޙިއްޖާ 1439