މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވިލިމާލެ ޕާކު ސައިޓުގައި ބޭނުންކުރުމަށް 01 އެސްކެވޭޓަރ 15 ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ

ވިލިމާލެ ޕާކު ސައިޓުގައި ބޭނުންކުރުމަށް 01 އެސްކެވޭޓަރ ޑީސަލް އަދި އޮޕަރޭޓަރުންނާއިއެކު 15 ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަންބަރު (IUL)138-AS6/1/2018/307 (14 އޯގަސްޓް 2018) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ

 

ކުއްޔަށް ހިފަން ބޭނުންވާ އެކްސްކެވޭޓަރުގެ ތަފްސީލީ ލިސްޓް ތިރީގައިވާ ތާވަލްގައި އެވަނީއެވެ.

ބޭނުންވާ އަދަދު

ތަފްޞީލް

މަސައްކަތް ކުރަންޖެހޭ ސައިޓް

01

އެސްކެވޭޓަރ (+150 ކްލާސް)

ވިލިމާލެ ޕާކު ސައިޓް

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ސެޕްޓެންބަރު 13 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، އިޢުލާނާއި ގުޅިގެން އުފެދޭ ސުވާލުތައް 2018 ސެޕްޓެންބަރު 10 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުންއެދެމެވެ.

އަދި ދަންނަވަމެވެ. ބިޑް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުމަށް އެދެމެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

05 ސެޕްޓެންބަރު 2018
ހޯދާ