ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެކައުންޓް އޮފިސަރ

މަޤާމް :އެކައުންޓްސް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

 

 

މަޤާމް

އެކައުންޓްސް އޮފިސަރ

އަސާސީ މުސާރަ

މަހަކު -/6400 ރުފިޔާ

މަޤާމުގެ ރޭންކް

އޭ.އެސް 5

ބޭނުންވާ ޢަދަދު

1

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ފައިނޭންސް އެންޑް ރެވެނިއު

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރުބަލާ އިތުރު އަހަރަކަށް ކޮންޓްރެކެޓް އާކޮށް ކުންފުނީގެ އުސޫލުތަކުގެ މަތިން ދާއިމީ ކުރެވޭނެއެވެ.

އިތުރު ޢިނާޔަތްތައް

ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް  -/83.33 ރުފިޔާ

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ގުޅޭ ދާއިރާގެ ޑިޕްލޮމާއެއް އޮތުމާއެކު، ދާއިރާއިން 2 (ދޭއް) އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޓޮޕް މެނޭޖްމަންޓުން ބޭނުންވާ ފައިނޭންޝަލް އެނަލިސިސް ރިޕޯޓް، ފައިނޭންޝަލް ސްޓޭޓްމަންޓް، ބޭނުންވެއްޖެ ހިނދެއްގައި މ މެނޭޖަރާއި ޑިޕާޓްމަންޓްގެ ހެޑްގެ ލަފާގެ މަތިން ތައްޔާރުކުރުން.
  • ކުންފުނީގެ އިންޓަރނަލް އޮޑިޓްކުރުމަށް އެއްބަސްވުމެއްގެ ދަށުން ހަޔަރކުރެވިފައިވާ އޮޑިޓް ފާމަށް ބޭނުންވާނެ ހުރިހާ މަޢުލޫމާތެއް މެނޭޖަރާއި ޑިޕާޓްމަންޓްގެ ހެޑްގެ ލަފާގެމަތިން އެފަރާތަށްދީ އެހިތެރިކަން ފޯރުކޮށް ދިނުން.
    • ކުންފުނީގެ އެކްސްޓަރނަލް އޮޑިޓްކުރުމަށް ހަޔަރ ކުރެވިފައިވާ އޮޑިޓް ފާމުން، ކުންފުނި އޮޑިޓްކުރުމުގައި ބޭނުންވާ ހުރިހާ މައުލޫމާތެއް މެނޭޖަރުގެ ލަފާގެމަތިން އެފަރާތްތަކަށް ފޯރުކޮށްދިނުން.
    • ކުންފުނިން ޓެކްސް އޮތޯރިޓީއަށް ކޮންމެ މަހަކު ހުށަހަޅަންޖެހޭ ބަޔާން ތައްޔާރުކޮށް ހުށައެޅުމާއި ޓެކްސްގެ ގޮތުގައި އެމަހެއްގައި ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ މުއްދަތަށް ދައްކާނިންމުމާއި މިަކން ސްޕަވައިޒަރަށް ރިޕޯޓްކުރުން.
    • މަހުންމަހަށް ބޭންކުން ކުރެވޭ މުއާމަލާތްތަށް ރިކޮންސައިލްކޮށް ކުރުމުގައި އެހީތެރިވެދިނުން.އެގްޒެކްޓިވް ބިއުރޯއާއި ކުންފުނީގެ އެންމެ އިސް މަސައްކަތުގައި އެހީތެރިވުމާއި، ވަޒީފާއާއި ގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތްކުރުން.
    • ކުންފުންޏަށް ގަނެވޭ އެސެޓްތަކަށް އެސެޓް ނަމްބަރުދީ އެސެޓް ރަޖިސްޓަރ މެއިންޓެއިންކޮށް ބެލެހެއްޓުން.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
    • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 13 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210،3000268 އާއި ގުޅުއްވުން އެދެމެވެ.

 

25 ޛުލްހިއްޖާ 1439

05 ސެޕްޓެންބަރު 2018
ހޯދާ