ދިވެހިރާއްޖެ
ނަންބަރު:FNK/A/IUL/2018/390
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް ކޮންޓްރެކްޓް އުޞޫލުން (1 އަހަރު ދުވަހަށް) މަސައްކަތް ކުރާނެ މީހަކު ހޯދުމަށް ބޭނުންވެއެވެ.
އީ.އައި.އޭ ކޮންސަލްޓަންޓް |
މަޤާމް: |
01 (އެކެއް) |
ބޭނުންވާ އަދަދު: |
ހެޑް އޮފީސް / މާލެ |
މަސައްކަތް ކުރަންޖެހޭ ތަން: |
ވޯޓަރ، ސްވަރޭޖް އެންޑް އެންވަޔަރމަންޓް ޑިޕާޓްމަންޓް |
ޑިޕާޓްމަންޓް: |
15000ރ. (ކޮންމެ އީ.އައި.އޭ އަކަށް) |
އަސާސީ މުސާރަ: |
(ހ) އެއްބަސްވެފައިވާ ޕްރޮޖެކްޓް ތަކުގެ އީ.އައި.އޭ މަސައްކަތްތައް ނިންމުމަށްޓަކައި އިސް ކޮންސަލްޓެންޓެއްގެ ގޮތުގައި ފެނަކައިގެ އީ.އައި.އޭ އަދި ސާރވޭ ޓީމާއިއެއްކޮށް މަސައްކަތްކުރުން (ށ) އީ.އައި.އޭ ކޮންސަލްޓަންޓާއި ގުޅިގެން ފެނަކައިގެ ޓީމުން ޑޭޓާތައް އެއްކުރުމާއި، ކޮންސަލްޓް ކުރުމާއި، ސާރވޭ ކުރުމާއި އަދި އީ.އައި.އޭ ރިޕޯޓް ނިންމުމާއި މިހުރިހާ ކަމެއްގައި މަސްއޫލުވުން (ނ) އީ.އައި.އޭ އާއި ގުޅުންހުރި ހުރިހާ އެޑްމިނިސްޓްރޭޓިވު މަސައްކަތެއް ފެނަކައިން ކުރުން ފެނަކައިގެ ޓީމާއި ގުޅިގެން އީ.އައި.އޭ ގެ ފްރޭމްވޯރކް އަދި ޝެޑިޔުލް ތައްޔާރުކުރުން (ރ) އީ.ޕީ.އޭ އިންބާއްވާ ސްކޯޕިން މީޓިންތަކުގައި ބައިވެރިވުމާއި، އީ.ޕީ.އޭ އިން ފާސްކޮށްފައިވާ ޓީ.އޯ.އާރާއި އެއްގޮތައް އީ.އައި.އޭ ރިޕޯޓު ނިންމުން (ބ) ރަސްމީގަޑީގައި އޮފީހައް ހާޒިރު ނުވިކަމުގައި ވީނަމަވެސް، ދެފަރާތުން އެއްބަސްވެފައިވާ ޝެޑިޔުލާއި އެއްގޮތައް އެއްބަސްވެފައިވާ މަސައްކަތް ނިންމުން |
މަސްޢޫލިއްޔަތުތައް: |
(ހ) ތިމާވެއްޓާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން ޑިގްރީ ޙާސިލް ކޮށްފައިވުން (ށ) އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް ތައްޔާރު ކުރުމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން (ނ) އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް ތައްޔާރުކުރުމަށްޓަކާ ރަށްރަށަށް ދަތުރުކޮށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ފާސްކޮށްފައިވާ ޓަރމްސް އޮފް ރެފެރެންސްއާ އެއްގޮތަށް ސަރވޭތައް ކުރިއަށް ގެންދިއުމުގެ ތަޖުރިބާ ލިބިފައިވުން (ރ) އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް ތައްޔާރުކުރާ ކޮންސަލްޓެންޓެއްގެ ގޮތުގައި ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށާއި، މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީގައި ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ |
މަޤާމުގެ ޝަރުތުރައް: |
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ 9:00 – 13:30 އަށް ލިބެންހުންނާނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ސެޕްޓެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
- މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
ވެބްސައިޓް: www.fenaka.com.mv
23 ޛުލްހިއްޖާ 1439
03 ސެޕްޓެމްބަރ 2018