މަޤާމު:
|
ކޮމްޕިއުޓަރ ޓެކްނީޝަން
|
ބޭނުންވާ އަދަދު:
|
01
|
ގްރޭޑް:
|
05
|
ސްޕައިން ޕޮއިންޓް:
|
24
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް
|
މަޤާމުގެ މުސާރަ:
|
މަހަކު 7,151/26 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 3,064/83 ރުފިޔާ
|
ޢިނާޔްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުޞޫލުން ދެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7/8 ގެ ސެޓްފިކެޓެއް ލިބިފައިވުން، ނުވަތަ،
- މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ސެޓްފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
- އެމް.އެން.ކިއު.އެފް ލެވެލް 4 ގެ ސެޓްފިކެޓަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ޔުނިވަރސިޓީ ގައި ބޭނުންކުރާ ކޮމްޕިއުޓަރ އަދި ލެޕްޓޮޕްތައް ސެޓަޕްކޮށް ދިމާވާ މައްސަލަތައް ރަނގަޅުކޮށް ޙައްލުކުރުން.
- ޔުނިވަރސިޓީގައި ބޭނުންކުރާ ޕްރިންޓަރ އަދި ސްކޭނަރ ސެޓަޕްކުރުމާއި ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުން.
- ކޮމްޕިއުޓަރ ފޯމެޓްކޮށް ހަދަންޖެހޭ ޙާލަތްތަކުގައި ފޯމެޓްކޮށް ފަންކްޝަންކުރުން.
- ވައިރަސް ކްލީންކޮށް ޔުނިވަރސިޓީއިން ގެންގުޅޭ އުޞޫލުތަކާ އެއްގޮތަށް ބެލެހެއްޓުން.
- ފެކަލްޓީގެ ކިލާސްތަކާއި ލެބް ތަކުގައި ކިލާސްތައް ނެގޭނެގޮތަށް މަލްޓިމީޑިޔާ އާއި ކޮމްޕިއުޓަރުތަކަށް ބޭނުންވާ ސޮފްޓްވެޔަރތައް އަޅައި، މައްސަލަޖެހޭތޯ ތަރުތީބުން ބަލަމުން ގެންދިއުމާއި އަބަދުވެސް މިތަންތަން ކިލާސްތައް ނެގޭގޮތަށް ބެހެއްޓުމާއި މައްސަލަޖެހޭތޯ ބަލާ، ޖެހޭ މައްސަލަތައް ޙައްލުކުރުން. އަދި ސައުންޑް ސިސްޓަމް ބޭނުންވާ ތަންތަނުގައި ރަގަޅަށް ސިސްޓަމްތައް މަސައްކަތް ކުރޭތޯ ބަލާ، މައްސަލަ އުޅޭނަމަ ރަގަޅުކުރުން.
- ޔުނިވަރސިޓީ އިން ހަވާލުކުރެވޭ ގޮތެއްގެ މަތިން ނެޓްވޯރކް މަސައްކަތްތައް ކުރުން. މިގޮތުން:
- ނެޓްވޯރކަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުން.
- ނެޓްވޯރކް ބޭނުންވާނެ ތަންތަނަށް ނެޓްވޯރކް އެޅުން.
- ނެޓްވޯރކް ސްވިޗް، ކޭބަލް ނުވަތަ ފޭސްޕްލޭޓް ސެޓްކުރުމާއި ދިމާވާ މައްސަލަތައް ޙައްލުކުރުން.
- ޔުނިވަރސިޓީއިން ހަވާލުކުރާގޮތެއްގެ މަތިން ސަރވަރތައް އަޕްގްރޭޑްކުރުމާއި މެއިންޓެއިންކުރުން.
- ފެކަލްޓީއަށް ބޭނުންވާ ހުރިހާ އޯޑިއޯވިޝުއަލް ތަކެތި ބެލެހެއްޓުމާއި، ސެޓްކުރުން.
- އޮފީހުން ހަމަޖައްސާ ގޮތުގެ މަތިން އިތުރުގަޑީގެ މަސައްކަތް ކުރުން.
- އައި.ޓީ. އާއި ގުޅުންހުރި ތަކެތި ގަތުމުގައި ލަފާދިނުން.
- އައި.ޓީ. އާއި ގުޅޭގޮތުން ފެކަލްޓީ/ޔުނިވަރސިޓީ އަށް ބޭނުންކުރެވޭނެ، ފައިދާހުރި ކަންތައްތައް ދެނެގަނެ އެކަންތައްތައް ކުރެވޭނެގޮތްތައް ހޯދައި އެކަންތައްތައްކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައްކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2018 ސެޕްޓެންބަރު 13 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-2.pdf
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްޢޫލިއްޔަތާއި، ވަޒީފާ އަދާކުރަން ފެއްޓެވި ތާރީޚް އަދި އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345409 ނަމްބަރު ފޯނަށެވެ.
|