ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަވާއިދު ނަންބަރު: 2014/R-185 ( ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާއިދު ) ޤަވާއިދަށް ގެނެވިފައިވާ އިސްލާހް

ބަނދަރު ބެލެހެއްޓުމާބެހޭ ނަންބަރު: 2014/R-185 ޤަވާއިދުގެ " ބަނދަރަށް މުދާ ބޭލުމާއި ބަނދަރުން މުދާ ބަރުކުރުން " މި ސުރުޚީގެ ދަށުން އަންނަނިވި ގޮތަށް އިސްލާހުކުރުން.

5 ގެ ( ވ ) މުދާ ބޭލުމަށާއި އެރުވުމަށް ކޮޅުވެއްޓި ފަދަ ދަގަނޑު އުޅަނދުފަހަރު ކުޅުދުއްފުށީ އުތުރު ބަނދަރަށް ވަދެނުކުމެ ހެދުމަކީ މަނާކަމެކެވެ.

5 ގެ ( މ ) ތެޔޮ އުފުއްލާ އުޅަނދުފަހަރުތަކުގެ ތެރެއިން ދަގަނޑު އުޅަނދުފަހަރު ބަނދަރުގައި އޮވެވޭނީ ތެޔޮ ބަރުކުރާ ވަގުތާއި ހުސްކުރާ ވަގުތުގައި އެކަންޏެވެ. އަދި އެގޮތަށް އުޅަނދުފަހަރު އޮވެވޭނީ ފުށުތިލޯށިކޮށެވެ.

5 ގެ ( ފ ) މިމާއްދާގެ ( ވ ) އަދި ( މ ) އާ ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ރަކުރާރުކޮށްފި ނަމަ -/500 ( ފަސްސަތޭކަ ) ރުފިޔާއާއި -/1000 ( އެންހާސް ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ -/1000 ( އެއްހާސް ) ރުފިޔާއާއި -/3000 ( ތިންހާސް ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ -/3000 ( ތިންހާސް ) ރުފިޔާއާއި -/5000 ( ފަސްހާސް ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000 ( ފަސްހާސް ) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު، މިޤަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

05 ސެޕްޓެންބަރު 2018
ހޯދާ