މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު މުލިން ގޯތިދޫކުރުން.

އިޢުލާން

މުލަކަތޮޅު މުލިން ގޯތިދޫކުރުން.

               މުލަކަތޮޅު މުލިން ދިރިއުޅުމަށްޓަކާ ބަންޑާރަ ގޯތި ބޭނުންވާފަރާތްތަކަށް ގޯތިދޫކުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މިފަހަރު ދޫކުރުމަށް ނިންމަވާފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުއްދަ ދެއްވާފައިވާ 2000 އަކަފޫޓާއި،

1800 އަކަފޫޓާއި ދެމެދުގެ 34 ގޯއްޗެވެ. ގޯތިދޫކުރެވޭނީ ގޯތިދޫކުރުމަށް 2018 އޮގަސްޓް 01 ގައި ބޭއްވުނު ކައުންސިލްގެ 3 ވަނަ ދައުރުގެ

59 ވަނަ ބައްދަލުވުމުން ފާސްކޮށް ޢާއްމުކުރެވިފައިވާ " މ. މުލިން ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު" އާއި އެއްގޮތްވާގޮތުގެމަތީންނެވެ.

                 މި އިޢުލާނާއެކު ކައުންސިލުން ފާސްކޮށް އާންމުކުރެވިފައިވާ ފައިވާ މ. މުލިން ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ

އުސޫލާއި، ޕޮއިންޓްދޭން ހަމަޖެހިފައިވާގޮތުގެ ތާވަލް އަދި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓް މިވަނީއެވެ.

ގޯތިދޫކުރެވޭނީ ތިރީގައިމިވާ ޝަރުތުތައް ފުރިހަމާވާ ފަރާތްތަކަށެވެ.

(ހ) ދިވެހިރައްޔިތަކު ކަމުގައިވުން.

(ށ) ޢުމުރުން 18 އަހަރުވެފައިވުން.

(ނ) ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން.

(ރ) އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައި ނެތުން،

ނުވަތަ ލިބިފައިވާ މިފަދަ ބަޔެއް ގޯތިދޫކުރުމާބެހޭ ޤަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުން.

(ބ) ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ،

މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

(ޅ) އެއްމެދު ޢިމާރާތެއްގެ ފެލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން

ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

(ކ) ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަންދަރިންނާއި، އެމީހަކަށް  ޝަރުޢިގޮތުން ބަލަންޖެހިފައިވާ މީހުންގެ އަދަދާއި، ގޯއްޗަށް

އެދިފައިވާ މީހާއާއި އެމީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަމާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއްލިބި، ނުވަތަ އޮވެ،

އެ ގޯއްޗަކާމެދު ޢަމަލުކޮށްފައިވާ ގޮތުގެމައްޗަށް ރިޢާޔަތްކޮށް، އަދި ގޯއްޗަށް އެދިފައިވަނީ ދެމަފިރިންކަމުގައިވާނަމަ ދެމަފިރިންނަށް ގޮތެއް ބަލާ،

އެމީހަކީ، ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް، މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބުނާ ކޮމިޓީއަށް ފެނުން. 

                 

ގޯއްޗަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން

1. ގޯއްޗަށް އެދޭ ފޯމު ދޫކުރުން:  ގޯއްޗަށް އެދޭ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ 2018 ސެޕްޓެމްބަރ 02 ވާ އާދީއްތަ ދުވަހުންފެށިގެން

2018 ސެޕްޓެމްބަރ 16 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހެއްގެ  09:00 ން 12:00 ނިޔަލަށް މުލީ ކައުންސިލްގެ

އިދާރާއިން ނެވެ. (ގޯއްޗަށް އެދޭ ފޯމު ދޫކުރެވޭނީ މ. މުލިން ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލުގެ 2 ވަނަމާއްދާގެ (ބ) ބެ 6 ވަނަ

ނަންބަރުގައިބުނާ ފައިސާ ކައުންސިލްގެ އިދާރާއަށް ދެއްކުމުންނެވެ.)

2. ގޯއްޗަށް އެދޭ ފޯމު ބަލައިގަތުން: ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2018 ސެޕްޓެމްބަރ 17 ވާ ހޯމަ ދުވަހުން ފެށިގެން

2018 ސެޕްޓެމްބަރ 30 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 12:00 ގެ ނިޔަލަށް މުލީ

ކައުންސިލްގެ އިދާރާއަށެވެ. ފޯމު ބަލައިގަންނަ ވަގުތު ހަމަވުމުގެ ފަހުން ގެންނަ ފޯމްތައް ބަލައި ނުގަނެވޭނެއެވެ.

                 ގޯތިލިބޭނީ ގޯއްޗަށްއެދޭ ފޯމްގައިވާ މަޢުލޫމާތުތަކުގެމަށްޗަށްބަލާ އެންމެގިނަ ޕޮއިންޓްލިބޭ 34 ފަރާތަށްކަމުގައިވެސް

ދަންނަވަމެވެ. ގޯއްޗަށް އެދޭފޯމާއިއެކު ޕޮއިންޓްދޭން ހަމަޖެހިފައިވާ ގޮތުގެ ތާވަލެއް ހިމެނިފައިވާނެއެވެ.

ފޯރމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާއިނެވެ.

                 ހުށަހެޅޭ ފޯމްތަކުގެ ތެރޭގައި ހިމެނޭ ފުރިހަމަނުވާ ފޯމްތައް ބަލައިނުގަނެ ބާތިލްކުރެވޭނެއެވެ. ފޯމްގައި ކުށެއްލިވިފައި

ވާނަމަ ޓިޕެކްސްޖަހާ ކަނޑާލުމުގެ ބަދަލުގައި ރަތްގަލަމަކުން ކަނޑާލާ އެތާގައި ސޮއިކުރެވިފައި އޮންނަންވާނެއެވެ.

               މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

04 ސެޕްޓެންބަރު 2018
ހޯދާ