ހައްުދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސާރ

 

 

ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓް

       ލ. ހިތަދޫ، ދިވެހިރާއްޖެ                           ނަންބަރު:      O11MC/2018/04    

 

އިޢުލާން

ލ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

 

ވަޒީފާގެ ފުރުޞަތު

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ)

 

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

 

މަޤާމުގެ ރޭންކް

ޖީ.އެސް 3

 

މުސާރަ:

4,465/- ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކެ ފަސްދޮޅަސް ފަސްރުފިޔާ)

 

ސަރވިސް އެލަވަންސް:

1,500/- ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ)

 

ލިވިންގ އެލަވަންސް:

-/2,550 ރުފިޔާ (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ)

 

ޖުޑީޝަލް އެލަވަންސް:

25/1,116 ރުފިޔާ (އެގާރަސަތޭކަ ސޯޅަ ރުފިޔާ ފަންސަވީސްލާރި)

 

އިތުރުގަޑީގެ އުޖޫރަ:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

 

ބޭނުންވާ ޢަދަދު:

01 (އެކެއް)

 

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ލ. ހިތަދޫ މެޖިސްޓްރޭޓް ކޯޓް

 

ތަޢުލީމާއި ތަޖުރިބާ:

 

1-         މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،ސާނަވީ  އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން، ނުވަތަ،

2- މަސައްކަތު ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް: (މަޤާމުގެ މަސްއޫލިއްޔަތު)

 

  1. ކޯޓުގެ ފައިސާއާއިބެހޭ އެންމެހާ މަސައްކަތް ވައުޗަރު ނިޒާމުގައި ބެލެހެއްޓުން
  2. ސަރުކާރުގެ ހުރިހާ އިދާރާއަކަށް ފޮނުވަންޖެހޭ މެސެޖު،ސިޓީ، އަދި ފައިސާގެ ރިޕޯޓްފަދަ ހުރިހާ ލިޔުންތަށް ތައްޔާރުކޮށް ފޮނުވުން.
  3.  ޔައުމިއްޔާ ލިޔުމާއި ފައިސާ ނެގުމަށާއި، އެހެނިހެންބޭނުންތަކަށް ކުރަންޖެހޭ ދަތުރުތަށް ކުރުން.

 

 

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:

13 ސެޕްޓެމްބަރު 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ، 'ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް' ފުރިހަމަކުރެއްވުމަށްފަހު މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމް (މިފޯމް މެޖިސްޓްރޭޓް ކޯޓް ތަކުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް http://www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.)
  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ އަދި އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ
  4. ވަޒީފާއެއްގައި އުޅެފައިވާނަމަ އެވަޒީފާގައި އުޅެފައިވާ މުއްދަތު އެނގޭގޮތަށް އެތަނުގެ ތައްގަނޑުޖެހި ލިޔުން.

 

އިތުރު މަޢުލޫމާތު

  • މި މަޤާމުގެ އިންޓަވިއު އަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، ތަޖުރިބާ އަށް ބަލައި އެންމެމަތިން މާކްސްލިބޭ 10 ފަރާތަށެވެ.
  • މަޤާމަށް މީހުން ހޮވުމުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހުންނަށް އިސްކަން ދެވޭނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމު މިކޯޓުގެ ކައުންޓަރުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • އިންޓަވިއު އޮންނާނީ މިކޯޓުގައެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިކޯޓުގެ ނަންބަރު: 6800631 ފޯނަށް ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ 3680053 އެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ.

 

 

     

  

 

މިކޯޓުގެ ނަންބަރު  ) O11MC/2018/0311 އޭޕްރީލް 2018)ގެއިޢުލާން ބާތިލްކޮށްފީމެވެ.  އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިކޯޓުގެ ނަންބަރު: 6800631 ފޯނަށް ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ 6800533 އެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ.

 

 

 

                                                             

 

04 ސެޕްޓެންބަރު 2018
ހޯދާ