އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުކޮނުން

މަގުތައް ދިއްލުމަށް ޖަހާފައިވާ ހޮޅިދަނޑިތަކުން ކޭބަލް ހަލާކުވެފައިވާ ބައެއް ހޮޅިދަނޑިތަކަށް ކޭބަލް އެޅުމަށް ގާތްގަނޑަކަށް 490 ފޫޓް ދިގުމިނުގެ ސަރަހައްދެއް ކޮންނަން ބޭނުންވެއެވެ.  

 

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީ ހިސާބު ހުށައެޅުއްވުމަށް

2018 ސެޕްޓެމްބަރ 16 ވާ އާދީއްތަ ދުވަހު މެންދުރުފަހު 13:00

2018 ސެޕްޓެމްބަރ 18 ވާ އަންގާރަ ދުވަހު މެންދުރުފަހު 13:00

 

މި މަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށައަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅާ ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް އަންނަ މީހާގެ ޙަވާލުގައި ފޮނުއްވުން އެދެމެވެ.  

03 ސެޕްޓެންބަރު 2018
ހޯދާ