މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އޮޑިޓް އޮފިސަރ
ބޭނުންވާ އަދަދު :1

މުސާރަ:

މަހަކު -/7080 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/5664 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

5،000ރ - 6،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ކޮލެޖަކުން ނުވަތަ ޔުނިވަރސިޓީއަކުން އެކައުންޓިންގ، އޮޑިޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ޑިޕްލޮމާ ހާޞިލްކޮށްފައިވުން ނުވަތަ ޕްރޮފެޝަނަލް އެކައުންޓިންގ ދާއިރާއިން އެކައުންޓިންގ ޓެކްނީޝަން ލެވެލް ސެޓްފިކެޓް ހާޞިލްކޮށްފައިވުން.

އޮޑިޓިންގ، އެކައުންޓިންގ، ބިޒްނަސް އެނަލިސިސް ނުވަތަ ޕްރޮގްރާމް އިވެލުއޭޝަންގެ ދާއިރާއިން ފުރިހަމަ 02 އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ޤަބޫލުކުރާ ނުވަތަ ޔުނިވާސިޓީއަކުން އެކައުންޓިންގ، އޮޑިޓިންގ، ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ އެހެން ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވާނަމަ 01 އަހަރު ދުވަހުގެ ތަޖުރިބާ ބަދަލުގައި ސަބްސްޓިޓިއުޓް ކުރެވިދާނެއެވެ. އަދި މިދެންނެވި ފެންވަރުގެ ސަނަދަކާއި އެކު ސީ.އައި.އޭ، ސީ.ޕީ.އޭ، އޭ.ސީ.ސީ.އޭ، ސީ.އައި.އެމް.އޭ މުޅިން ނުވަތަ ބައެއް ފުރިހަމަކޮށް ސެޓްފިކެޓް ހާޞިލްކޮށްފައިވާނަމަ 02 އަހަރު ދުވަހުގެ ތަޖުރިބާގެ ބަދަލުގައި ސަބްސްޓިޓިއުޓް ކުރެވިދާނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- އޮޑިޓް ވޯކް ޕްލޭން ތައްޔާރު ކުރަން ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެހީތެރިވެދިނުން.

- ވޯކްޕްލޭނާއި އެއްގޮތުން ފީލްޑް އޮޑިޓް އަދި ޑެސްކް އޮޑިޓްގެ މަސައްކަތްތައް ކުރުން.

- އޮޑިޓް ރިޕޯޓް ތައްޔާރު ކުރުމަށް އެހީތެރިވެދިނުން

- ޑިޕާޓްމަންޓްގެ ޔައުމިއްޔާ، އަހަރީ ރިޕޯޓް އަދި މިފަދަ އެހެނިހެން އިދާރީ ރިޕޯޓްތައް ތައްޔާރުކުރުން

- ހިސާބުތައް އަހަރުން އަހަރަށް އޮޑިޓްކުރުން

- ކުންފުނީގެ ބަޖެޓްގައި ހިމަނައިގެން ހިންގާ ޕްރޮޖެކްޓްތަކާއި، ޕްރޮގްރާމްތައް އަދި އެހެނިހެން ބޮޑެތި މަޝްޢޫރުތަކުގެ ތެރެއިން އިންޓަރނަލް އޮޑިޓްގެ އަހަރީ މަސައްކަތުގެ ޕްލޭންގައި ހިމެނޭ ކަންކަން ކުރުން

- އޮޑިޓް ޓީމް މެމްބަރުންގެ މަސައްކަތުގެ އިރުޝާދު ދިނުން

ޓީމް މެމްބަރުންގެ މަސައްކަތުގެ ފެންވަރު ބެލެހެއްޓުން

އޮޑިޓް މެތޮޑޮލޮޖީ ތަރައްޤީކުރުމަށް ދިރާސާކުރުން

- އޮޑިޓް ވޯކް ޕްލޭން ތައްޔާރުކުރަން ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެހީތެރިވެދިނުމާއި އެކުލަވާލުން

- ވޯކްޕްލޭނާއި އެއްގޮތަށް ފީލްޑް އޮޑިޓް އަދި ޑެސްކް އޮޑިޓް މަސައްކަތްތައް ކުރުން

އޮޑިޓަރުންގެ ފައިލްތައް ރިވިއުކުރުން

- އޮޑިޓްކުރުމަށް ކުރެވުނު މަސައްކަތުގެ މައްޗަށް ބިނާކޮށް އޮޑިޓް ރިޕޯޓް ޑްރާފްޓްކުރުން.

މަޤާމް :އެސިސްޓެންޓް އޮޑިޓް އޮފިސަރ
ބޭނުންވާ އަދަދު :2

މުސާރަ:

މަހަކު -/5980 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4784 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

2،000ރ - 3،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.ސީ.އީ އޭ ލެވެލް އެކައުންޓިންގ، ހިސާބު އަދި ބިޒްނަސް ސްޓަޑީޒް ހިމެނޭގޮތަށް މަދުވެގެން 03 މާއްދާއިން ފާސްވެފައިވުން

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- އޮޑިޓް ވޯކް ޕްލޭން ތައްޔާރުކުރަން ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެހީތެރިވުން.

- ވޯކްޕްލޭން އެއްގޮތުން ފީލްޑް އޮޑިޓް އަދި ޑެސްޚްއޯޑިޓްގެ މަސައްކަތްތައް ކުރުން

- އޮޑިޓް ރިޕޯޓް ތައްޔާރު ކުރުމަށް އެހީތެރިވުން

- ޑިޕާޓްމަންޓްގެ ޔައުމިއްޔާ، އަހަރީ ރިޕޯޓް އަދި މިފަދަ އެހެނިހެން އިދާރީ ރިޕޯޓްތައް ތައްޔާރުކުރުން

- ކުންފުނީގެ ދަރަނީގެ ހިސާބުތައް ބަލަހައްޓާ އިދާރީ އުޞޫލުތަކާއި ހިސާބުތައް އަހަރުން އަހަރަށް އޮޑިޓްކުރުން

ކުންފުނީގެ ހަރުމުދަލުގެ ހިސާބުތައް އަހަރުން އަހަރަށް އޮޑިޓްކުރުން

- ކުންފުނީގެ ބަޖެޓްގައި ހިމަނައިގެން ހިންގާ ޕްރޮޖެކްޓްތަކާއި، ޕްރޮގްރާމްތައް އަދި އެހެނިހެން 

ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން އިންޓަރނަލް އޮޑިޓްގެ އަހަރީ މަސައްކަތުގެ ޕްލޭންގައި ހިމެނޭ 

ކަންކަން އޮޑިޓް ކުރުން

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދުވާލަކު 08 ގަޑިއިރު

މަސައްކަތްކުރަންޖެހޭ ތަން:

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

2018 ސެޕްޓެމްބަރ 09ވާ އާދީއްތަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 

އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

03 ސެޕްޓެންބަރު 2018
ހޯދާ