ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ިއިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓްގެ ސްކޮލަރޝިޕް ފުރުޞަތުތަކާ ބެހޭ

އިޢުލާން

އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓްގެ ސްކޮލަރޝިޕް ފުރުޞަތުތަކާ ބެހޭ

 އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓު (އައި.އައި.އައި.ޓީ) ން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ލިބިފައިވާ ސްކޮލަރޝިޕް ފުރުޞަތުތައް ތިރީގައި މިވަނީއެވެ.

 

ކޯހުގެ ޢަދަދު:

ލެވެލް:

ދާއިރާ:

ޤައުމު:

ޔުނިވަރސިޓީ:

1 (އައި.ޔޫ.އެމް. ގެ މުވައްޒަފަށް)

ޕީ.އެޗް.ޑީ (3 އަހަރު)

އައި.ޔޫ.އެމް ގައި ކިޔަވައިދޭ ކޯސްތަކާއި ގުޅޭ ދާއިރާ

މެލޭޝިޔާ

އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ

ޕީ.އެޗް.ޑީ ގެ ޝަރުޠުތައް:

އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައި.އައި.ޔޫ.އެމް) އިން ޕީ.އެޗް.ޑީ ހެދުމަށް ޕްލޭސްމަންޓް (އޮފަރ ލެޓަރ) ލިބިފައިވުމާއިއެކު ޕީ.އެޗް.ޑީ ހެދުމަށް ގަސްތުކުރާ ދާއިރާއާއި ގުޅޭ ދާއިރާއިން ފުރިހަމަކޮށްފައިވާ މާސްޓާރސް ޑިގްރީގެ ސީ.ޖީ.ޕީ.އޭ. (CGPA) އެންމެ ދަށްވެގެން  3.50 )ތިނެއް ޕޮއިންޓް ފަހެއް ސުމެއް) ލިބިފައިވުން.

އެހެނިހެން ޝަރުޠު:

ދިވެހި ރައްޔިތެއް ކަމުގައިވުން.

މި ސްކޮލަރޝިޕްގެ ދަށުން ލިބިދޭ އިނާޔަތްތައް:

  1. ޓިއުޝަންފީއާއި ޔުނިވަރސިޓިއަށް ދައްކަންޖެހޭ ފީތައް. (މި ފީތައް ދައްކާނީ އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓުން ސީދާ އައި.އައި.ޔޫ.އެމް އަށެވެ.)
  2. ކިޔެވުމަށް ބޭނުންވާނެ މެޓީރިއަލްސް ގެ ގޮތުގައި ޔުނިވަރސިޓީއިން ކަނޑައަޅާފައިވާ މެޓީރިއަލްސް.
  3. ސެޓްލްމަންޓް އެލެވެންސް: ފުރަތަމަ ސެމެސްޓަރގައި 1000 (އެއްހާސް) މެލޭޝިއަން ރިންގިޓް.
  4. ސްޓައިޕެންޑް: މަހަކު 1000 (އެއްހާސް) މެލޭޝިއަން ރިންގިޓް.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރުސަތަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެ ފޯމްގައި ބަޔާންކޮށްފައިވާ ތަކެތި.
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަޞްލާއި އެއްގޮތްކަމަށް ބަޔާންކޮށް.  
  3. އެދޭ ފަރާތުގެ ވަނަވަރު.

ބޮންޑު

މިފުރުސަތުގެ ދަށުން ކޯސް ފުރިހަމަ ކުރާ ފަރާތްތަކުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަނޑައެޅޭ މުއްދަތަކަށް، ޔުނިވަރސިޓީއަށް ނުވަތަ ޤައުމަށް ޚިދުމަތްކުރަން ވާނެއެވެ.

ފޯމް ބަލައިގަންނަ އެންމެ ފަހު ތާރީޚް:

13 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުރިހާ ޑޮކިއުމެންޓްތަކާއިއެކު ސްކޮލަރޝިޕް ފޯރމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅަން ވާނެއެވެ.

ސްކޮލަރޝިޕަށް އެދޭ ފޯމް ޔުނިވަރސިޓީގެ ވެބްސައިޓުން http://www.ium.edu.mv ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3022100 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

03 ސެޕްޓެންބަރު 2018
ހޯދާ