މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މި އިޢުލާންވަނީ 03 ސެޕްޓެންބަރު 2018 14:05 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

 

ވަޒީފާގެ ފުރުޞަތު

މަޤާމް:

ފައިނޭންސް އޮފިސަރ

މަޤާމް ނަންބަރ:

J-224651

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1 ( މެނެޖީރިއަލް ސަރވިސް1 )

މަޤާމްގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ

މުސާރަ:

5,610.00 ރުފިޔާ

ސަރވިސްއެލަވަންސް:

2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1.  ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި 700.00 ރުފިޔާ ލިބޭނެއެވެ.
  2. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  4. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. (މީގެއިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢީނާޔަތްތައް

ވަޒީފާގެ ދާއިރާތައް:

  1. އެކައުންޓިންގ
  2. ފައިނޭންސް

މަޤާމްގެ މައިގނަޑު މަސްއުލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮފީހަށް ލިބޭ ފައިސާ ބައިގަތުމާއި އެފައިސާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  2. މުސާރައާއި ޚިދުމަތްތަކަށް ކައުންސިލް އިދާރާއިން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ފައިސާ ހަވާލުކުރުން
  3. އޮފީހުގެ ބަޖެޓް ތައްޔާރުކުރުން 
  4. މުވައްޒަފުންގެ އިތުރުގަޑިއާއި ، ފެންޝަންގެ ކަންކަން ބެެލެހެއްޓުން 
  5. ފައިސާއާއި ބެހޭ ރިޕޯރޓްތައް ތައްޔާރުކުރުމާއި، ޤަވާއިދުން ފޮނުވުން 
  6. ބަޖެޓާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާއި، ލޯކަލްގަވަރމަންޓް އޮތޯރިޓީއާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  7. ކައުންސިލްގެ ބެންކު އެކައުންޓްތައް ރިކޮންސައިލް ކޮށް ބެލެހެއްޓުން
  8. ކައުންސިލްގެ ފައިސާއާއިގުޅޭގޮތުން ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގައި ޒިންމާދާރުވެރިޔާގެ ލަފާގެ މަތިން   އަމަލުކުރުން  
  9. ސެކްޝަންގެ އިސްވެރިޔާ ނެތް ހާލަތެއްގައި ކޯޕަރޭޓް އެފެއާޒް ޔުނިޓްހިންގުން

މަޤާމްގެ މައިގަނޑު ޝަރުތުތައް:

  1. މަޤާމްގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (އެކައުންޓިންގ، ފައިނޭންސް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށައަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާއިން ލިބެން ހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.

-          ލިބިފައިވާ ތަޢުލީމާއި ހުނަރު

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ސެޕްޓެމްބަރ 2018  ގެ 13:00 ގެ  ކުރިން، މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ  ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ( [email protected] ) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު   އޮންނާނީ 23 ސެޕްޓެމްބަރ 2018 އާއި 16 އޭޕްރީލް 2018 އާ  ދެމެދު، މާއުނގޫދޫ ކައުންސިލްގެ އިދާރާ ގައެވެ.

 

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

 

         

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6760049 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

03 ސެޕްޓެންބަރު 2018
ހޯދާ