މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޮންޓްރޯލް ޑްރަގްސް އަދި ހޮސްޕިޓަލްތަކުގައި ބޭނުންކުރާ ބޭސް ރާއްޖެ އެތެރެކުރުމުގެ ފުރުސަތު އިތުރު ފަރާތަކަށް ހުޅުވާލުމުގެ ގޮތުން، އެކަމަށް ދޫކުރާ ޚާއްސަ ހުއްދަ މިހާރު ދޫކުރެވިފައިވާ ފަރާތްތަކުގެ އިތުރުން އިތުރު 1 ފަރާތަކަށް ދޫކުރުމަށް

އިޢުލާން

 ކޮންޓްރޯލް ޑްރަގްސް އަދި ހޮސްޕިޓަލްތަކުގައި ބޭނުންކުރާ ބޭސް ރާއްޖެ އެތެރެކުރުމުގެ ފުރުސަތު އިތުރު ފަރާތަކަށް ހުޅުވާލުމުގެ ގޮތުން، އެކަމަށް ދޫކުރާ ޚާއްސަ ހުއްދަ މިހާރު ދޫކުރެވިފައިވާ ފަރާތްތަކުގެ އިތުރުން އިތުރު 1 ފަރާތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 09 ސެޕްޓެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ސެޕްޓެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

23 ޒުލްހިއްޖާ 1439

03 ސެޕްޓެންބަރު 2018
ހޯދާ