މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

 

އިޢުލާނު

މަޤާމް:

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

 J-252808

ބޭނުންވާ އަދަދު:

 01

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކް:

 ޖީ.އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

 އޮފިސަރ ގްރޭޑް 2

މަޤާމް އޮތް އޮފީސް:

 މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

 މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ

މުސާރަ:

 5020.00 (ފަސްހާސް ވިހި) ރުފިޔާ

ސަރވިސް އެލަވަންސް:

 1500.00 (އެއްހާސް ފަސްސަތޭކަ) ރުފިޔާ

ސަޕޯރޓިންގ ކޯ އެލަވަންސް

 700.00 (ހަތްސަތޭކަ) ރުފިޔާ

 

އިތުރު އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސް ފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި

ވާޖިބުތައް:

 

  1. ކައުންސިލްގެ އިދާރާގެ އަހަރީ ރިޕޯރޓް ތައްޔާރުކުރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި އާންމުކުރުން
  2. ކައުންސިލްގެ އިދާރާގެ 6 މަހުގެ ރިޕޯރޓް ތައްޔާރުކޮށް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުމާއި އާންމުކުރުން
  3. ސްޓޮކް  ބެލެހެއްޓުމާއި ސްޓޮކަށް ތަކެތި ހޯދުމުގައި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ތަކެތި ހޯދުން
  4. އިންވެންޓްރީ އަޕްޑޭޓުކުރުމާއި އިންވެންޓްރީ ބެލެހެއްޓުން
  5. ކައުންސިލްގެ އިދާރާއަށް ބޭނުންވާ މަރާމާތުތަށް ދެނެގަނެ ކައުންސިލުން އަންގާ ގޮތެއްގެމަތިން މަރާމާތުތަށް ކުރުވުން
  6. ކައުންސިލްގެ ޔައުމިއްޔާތަށް ކަމާއި ގުޅުންހުރި ސެކްޝަންތަކުން ލިޔަމުން ގެންދޭތޯ ޗެކްކުރުމާއި މިތަކެތި ހަމަކުރުން
  7. ކައުންސިލުން ކުރުމަށް ރާވާ ކަންތައްތަކުގެ ތެރެއިން ކުރިއަށް ނުގެންދެވި ހުރިކަންކަން ދެނެގަނެ އެކަންކަން ޒިންމާދާރުވެރިޔާއަށް ރިޕޯރޓުކުރަމުން ދިޔުން
  8. ކުރަމުން ގެންދާ މަސައްކަތާއި ގުޅޭގޮތުން އާންމުކުރަންޖެހޭ ތަކެތި ކައުންސިލްގެ އިދާރާގެ ވެބްސައިޓުގައި އާންމުކުރުމާއި އަދި ވެބްސައިޓައް ދިމާވާ މައްސަލަތަށް ހައްލުކުރުމާއި ތަރައްޤީކުރުމުގައި އަޅަންޖެހޭ ފިޔަވަޅުތަށް އެޅުން
  9. 'ކައުންސިލް އީ ޕޮކެޓް' އަޕްޑޭޓުކުރުމާއި ޚިދުމަތަށް އެދޭފަރާތްތަކަށް ލޮގިން ހަދާދިނުން
  10. ކައުންސިލްގެ އިދާރާގެ ނެޓްވޯކާއި ސެކިއުރިޓީ ކެމެރާއާއި ފަޔަރއެލާމާއި އަދި މުވައްޒަފުންގެ ކޮމްޕިއުޓަރުތަކައް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުން
  11. ކައުންސިލްގެ އިދާރާގެ މުސާރަ ޝީޓުތައްޔާރުކުރުމަށް ހަދަންޖެހޭ ރިޕޯރޓްތައް ތައްޔާރުކުރުކުރުން
  12. މުވައްޒަފުން ހޯދުމާއި މުވައްޒަފުން ވަކިކުރުމާއި ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން
  13. މުވައްޒަފުންނާއި ގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، މުވައްޒަފުންގެ ކަންކަން ޒިންމާދާރު ވެރިޔާއަށް ރިޕޯރޓުކުރުމާއި އަދި މުވައްޒަފުންގެ ރެކޯޑު ބެލެހެއްޓުން
  14. މުވައްޒަފުންގެ ޗުއްޓީ އާއި ސަލާން ފަދަ ރެކޯޑުތައް ބެލެހެއްޓުމާއި އަޕްޑޭޓުކުރުން
  15. ހުކު، ޢީދު، އަދި ކޭތަނަމާދު ފަދަ ނަމާދުތައްކުރުމަށް އިމާމެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތެއް ހޯދުމާއި ބަދަލު އިންތިޒާމް ހަމަޖެއްސުން
  16. ކައުންސިލުން އައްޔަންކުރާ ކޮމެޓީތަކާއި އަދި ފޯކަލްޕޮއިންޓުންގެ ޒިންމާތައް އަދާކުރުން
  17. އައިޑީކާރޑު ހެއްދުމުގެ މަސައްކަތް ކުރުން
  18. އޮޑިދޯނިފަހަރު ސާވޭކޮށްދިނުމުގެ މަސައްކަތްކުރުން
  19. ކައުންސިލްގެ އިދާރާގެ ފައިސާއާއި ގުޅޭ ކަންކަން ޤަވާއިދުން ނިންމަމުންގެންދޭތޯ ސުޕަރވައިޒްކޮށް ބެލެހެއްޓުން އަދި އެކަންކަމުގައި އެހީތެރިވެދިނުން
  20. ކައުންސިލް އިދާރާގެ ވެހިކަލްތަކުގެ މަރާމާތުތައް ދެނެގަނެ، ބޭނުންވާ މަރާމާތުތައް ކުރުވުމާއި އަދި މިތަކެތީގެ ފީއާއި އިންޝުއަރެސް، އަދި ރޯޑުވާދިނަސްފަދަ ކަންކަން ފުރިހަމަ ކުރަމުން ގެންދޭތޯ ސުޕަރވައިޒްކޮށް ބެލެހެއްޓުން
  21. ކައުންސިލްގެ އިދާރާގެ ބަޖެޓާއި، ފައިނޭންސަލްޕްލޭނާއި، ތަރައްޤީގެ ޕްލޭނާއި، މަސައްކަތު ތާވަލް ތައްޔާރުކުރުމާއި އަދި އޮޑިޓިންފަދަ މުވައްޒަފުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ، ހަވާލުކުރެވޭ މަސައްކަތް ފުރިހަމަކުރުން
  22. ކައުންސިލްގެ މުވައްޒަފުންގެ ޓީމްވޯކާއި މޯޓިވޭޝަން އިތުރުކުރުމަށް މުވައްޒަފުން ގުޅިގެންރާވާ ކަންކަމުގައި ބައިވެރިވެ އެއްބާރުލުން ދިނުން
  23. ރަށުތަރައްޤީއަށް ކައުންސިލްގެ އިދާރާއިން ހިންގާ ކަންކަމުގައި ބައިވެރިވެ އަމަލީ ގޮތުން މަސައްކަތް ކުރުމާއި އެއްބާރުލުން ދިނުން
  24. މީގެއިތުރުން ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޚިލާފުނުވާގޮތުގެ މަތިން އިދާރާއިން އަންގަވާ މަސައްކަތްތައް ކުރުން

 

 

 

 

 

މަޤާމުގެ ޝަރުތުތައް:

  1. ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި އެޑްމިނިސްޓްރޭޝަން ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަތީ ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  3. ބިޒިނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

 

 

 

 

 

 

  

  

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮއްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ވާދޫ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރެޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރި ގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:

  •  ތަޢުލީމާއި ތަމްރީން )ކަނޑައެޅިފައިވާ އިންސައްތަ: %40)

         - ލިބިފައިވާ ތަޢުލީމު )%35)

         - މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން )%5)

  • ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާން )ކަނޑައެޅިފައިވާ އިންސައްތަ: %5)
  • މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ )ކަނޑައެޅިފައިވާ އިންސައްތަ: )
  • ލިބިފައިވާ ހުނަރު - އިންޓަވިއު. )ކަނޑައެޅިފައިވާ އިންސައްތަ: %45)

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ސެޕްޓެމްބަރ 13 ވާ ބުރާސްފަތި ދުވަހުގެ  14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6580074 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައި ގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 ސެޕްޓެމްބަރ 25 އާއި 2018  އޮކްޓޯބަރަ 02 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580074 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6580074 އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

 

03 ސެޕްޓެންބަރު 2018
ހޯދާ