ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ

 

ނަންބަރު:FNK/A/IUL/2018/389  

ވަޒީފާގެ ފުރުޞަތު

  މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

މެނޭޖަރ  

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ވޯޓަރ ސްވަރޭޖް އެންޑް އެންވަޔަރަމަންޓް ޑިޕާޓްމަންޓް

ޑިޕާރޓްމަންޓް:

ހެޑް އޮފީސް / މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

8000ރ. ( އަށްހާސް ރުފިޔާ )

މުސާރަ:

މުސާރައިގެ %40

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޟިރީ އެލަވަންސް:

މުސާރައިގެ %40

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5  (ފަހެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 12 (ބާރަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ އިތުބާރުހުރި ކުންފުންޏެއްގައި މިފެންވަރުގެ ވަޒީފާއެއްގައި ބަޔާންވެދިޔަ މުއްދަތުގެ ތަޖުރިބާ ލިބިފައިވުން

(ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 9 (ނުވައެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 6 (ހައެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 (ނުވައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން،

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން

ފެންވަރު ނުވަތަ ޝަރުތު:

 

(ހ) ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނަވާ ވެރިޔެއްގެ އިރުޝާދުގެ ދަށުން ފެނާއި ނަރުދަމާ ޑިޕާޓްމަންޓްގެ މަސައްކަތްތައް ސްޕަވައިޒްކޮށް، މަސައްކަތް ރާވާ ހިންގުން.

(ށ) ޑިޕާޓްމަންޓް ހިންގާ ބަލަހައްޓާ ފެނާއި ނަރުދަމާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްކުރާ ކޮންޓްރެކްޓަރުންގެ މަސައްކަތް މޮނިޓަރކޮށް، ޕްރޮގްރެސް ރިޕޯޓް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން އަދި ފެނާއި ނަރުދަމާގެ އޮޕަރޭޓިންގ ލައިސެންސް ހޯދުމަށް ކުރަންޖެހޭ މަސައްކަތްކޮށް އީ.ޕީ.އޭ އަށް ފޯމް ހުށައެޅުން.

(ނ) ފެނާއި ނަރުދަމާ މަސައްކަތްތަކާ ގުޅޭގޮތުން ރަށްރަށަށް ދަތުރުކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރުން އަދި ރަށްރަށުން ކުރެވޭ ރިކުއެސްޓުތައް ޒޯންތައް ހިންގުމާއި ހަވާލުކުރެވިފައިވާ ސްޓާފުން ލައްވާ ކުރުވުން.

(ރ) ފެނާއި ނަރުދަމާ މަސައްކަތްތަކާއި ގުޅޭގޮތުން ޙާޟިރުވާންޖެހޭ، ކުންފުނީގެ އެތެރެއާއި ބޭރުގެ ބައްދަލުވުންތަކަށް ޙާޟިރުވެ، ޑިޕާޓްމަންޓް ހިންގުމާ ހަވަލުވެ ހުންނަވާ ވެރިޔަކަށް ރިޕޯޓް ކުރުން.

(ބ) ޑިޕާޓްމަންޓްގެ މުވައްޒަފުންގެ ދުވަހު މަސައްކަތްތަކުގައި އިރުޝާދުދީ އެހީތެރިވެ، މޮނިޓަރކޮށް، ޑިޕާޓްމަންޓް ހިންގުމާއި ހަވާލުވެ ހުންނަވާ ވެރިޔާއަށް ރިޕޯޓް ކުރުން.

(ޅ) ފެނާއި ނަރުދަމާ މަސައްކަތާއި ގުޅިގެން، ސަރުކާރުގެ އިދާރާތަކާއި އެޖެންސީތަކާ ކުރަންޖެހޭ މުޢާމަލާތްތައް، ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނަވާ ވެރިޔާގެ އިރުޝާދުގެ ދަށުން ކުރުން.

(ކ) ޑިޕާޓްމަންޓުން ހިންގާބަލަހައްޓާ ފެނާއި ނަރުދަމާ ނިޒާމުތަކުގެ ހިންގުން ދުވަހުން ދުވަހަށް މޮނިޓަރކޮށް، ރައްޔިތުންނަށް ދޭ ޙިދުމަތަކީ ފެންވަރު ރަގަޅު، އިތުބާރުހިފޭ، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުންޏަށް ވީހާވެސް ޚަރަދުކުޑަކޮށް ފޯރުކޮށްދެވޭ ޙިދުމަތެއްކަން ޔަޤީންކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

(އ) ކަސްޓަމަރުންގެ ޝަކުވާތަކަށް އެދެވޭ އަވަސް ޖަވާބެއް ދިނުމަށް، ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނަވާ ވެރިޔާގެ އިރުޝާދުގެ ދަށުން ބްރާންޗްތަކާ ކުރަންޖެހޭ މުޢާމަލާތްތައް ކުރުން.

(ވ) ޑިޕާޓްމަންޓްގެ އެހެން މުވައްޒަފުންނަށް ދެވޭނެ ފަންނީ އަދި އެހެނިހެން ތަމްރީނުތައް ދެނެގަނެ، ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނަވާ ވެރިޔާގެ އިރުޝާދާ އެއްގޮތައް އެފަދަ ޕްރޮގްރާމްތައް ހިންގުން.

މަސްޢޫލިއްޔަތުތައް:

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ  09:00 – 13:30 އަށް ލިބެންހުންނާނެއެވެ.  އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތް ނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ސެޕްޓެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

  • އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
  • މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

 

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

ވެބްސައިޓް: www.fenaka.com.mv

23 ޛުލްހިއްޖާ   1439

03 ސެޕްޓެމްބަރ 2018

03 ސެޕްޓެންބަރު 2018
ހޯދާ