ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސޭލްސް ރެޕްރެސެންޓޭޓިވްއެއް ބޭނުންވެއްޖެ

ވަޒީފާގެފުރުޞަތު

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:  ސޭލްސް ރެޕްރެސެންޓޭޓިވް

ބޭނުންވާ އަދަދު:  01 (އެކެއް)

އަސާސީ މުސާރަ:  މަހަކު -/4350 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ 162 (ހުޅުމާލެ) ފިހާރަ / ރީޖަނަލް ސޭލްސް ޑިޕާރޓްމަންޓް

އެހެނިހެންއިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި  މަހަކު -/1350 ރުފިޔާ އާއި، -/2500 ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެމަސްއޫލިއްޔަތު

  • ކޭޝް އަދި ކްރެޑިޓް ކައުންޓަރގެ މަސައްކަތް ބެލެހެއްޓުން
  • ހަވާލުކުރެވޭ ބްރޭންޑް ގެ އެމެހައި ކަންތައްތައް ބެލެހެއްޓުން
  • މުދަލުގެ އަގުތައް ޖެހުމާއި ރެކްތަކުގައި މުދާޖެހުން
  • ކަސްޓަމަރުންއަށް މުދާ ފޯރުކޮށް ދިނުމުގައި އެހީތެރިވުން

ފެންވަރުނުވަތަޝަރުތު

  • ޖ.ސީ.އީ. އޯލެވެލް ފުރިހަމަ ކޮށްފައިވުން
  • މައިކްރޯ ސޮފްޓް އޮފީސް އެޕްލިކޭޝަންސް ބޭނުންކުރަން އެގުން
  • ހިދުމަތް ހޯދަން އަންނަ ކަސްޓަމަރުންނާއި ރިވެތިބަހުން ދިވެހިން އަދި އިގިރޭސިބަހުން މުއާމަލާތު ކުރަން އެގުން

އެހެނިހެންހުނަރު

  • މަޤާމާއި ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ބަންދު ދުވަސްތަކުގައި އަދި ޝިފްޓް ޓިއުޓީ ގައި މަސައްކަތް ކުރެވޭނެ ކުއްޖެއްކަމުގައިވުން.

ސުންގަޑި

  • މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 06 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި، އެސްޓީއޯ ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މަތީގައި ދެންނެވިފައިވާ ޝަރުތުތައް ހަމަނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެއެވެ.
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344273 / އީމެއިލް އެޑްރެސް:[email protected]
02 ސެޕްޓެންބަރު 2018
ހޯދާ