ދިވެހިރާއްޖެ
ވިލިމާލޭގައި ޖުޑީޝަލް އެކެޑަމީ ހިންގަމުންގެންދާ ޢިމާރާތުގައި ކަތުރުފަނިއަޅާފައިވާތީ މުޅި ޢިމާރާތަށް ސްޕްރޭކުރާނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.
މިކަމާބެހޭ މަޢުލޫމާތުޝީޓް މިޑިޕާޓްމަންޓްގެ ވެބްސައިޓްwww.judiciary.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 6 ވާ ބުރާސްފަތި ދުވަހުގެ 11:00 ވިލިމާލޭގައި ހުންނަ ޖުޑީޝަލް އެކެޑަމީ އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 10 ސެޕްޓެމްބަރ 2018
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މިޑިޕާޓްމަންޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 ޛުލްޙިއްޖާ 1439