މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ނ.ފޮއްދޫ މެޖިސްޓްރޭޓް ކޯޓް ހިންގުމަށްޓަކައި 02 ކޮޓަރި، 01 ސިޓިންރޫމް އަދި މަދުވެގެން 01 ފާޚާނާ ހިމެނޭ ޢިމާރާތެއް (ފަރުނީޗަރ ނުހިމަނާ) 05 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށްހިފުމާއި ގުޅޭ

އިޢުލާން

 

ނ.ފޮއްދޫ މެޖިސްޓްރޭޓް ކޯޓް ހިންގުމަށްޓަކައި 02 ކޮޓަރި، 01 ސިޓިންރޫމް އަދި މަދުވެގެން 01 ފާޚާނާ ހިމެނޭ ޢިމާރާތެއް (ފަރުނީޗަރ ނުހިމަނާ) 05 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށްހިފަން ބޭނުންވެގެން މިކޯޓުން ކުރި ނަންބަރު: D12C-A/2018/7 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީވެ، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ 11:00 އަށް ނ.ފޮއްދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ސެޕްޓެމްބަރު 18 ވަނަދުވަހުގެ 11:00އަށް ނ.ފޮއްދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު  ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.

22 ޛުލްހިއްޖާ 1439

02 ސެޕްޓެންބަރު 2018
ހޯދާ