މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. ދިއްގަރުން ބަންޑާރަ ގޯތި ދޫކުރުން

                މ. ދިއްގަރުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ބޭނުންވާ ފަރާތްތަކަށް ގޯއްޗައްއެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

                ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ މިރަށުގެ ފުޓްބޯޅަދަނޑުގެ އިރުން އޮތް ހުސްބިމުންނެވެ. މިފަހަރު ދޫކުރުމަށް ހަމަޖެހިފައި ވަނީ 1200 އަކަފޫޓްގެ 24 ގޯއްޗެވެ.

                ވީމާ، މ. ދިއްގަރުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ބޭނުންވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން 02 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހުން ފެށިގެން 25 ސެޕްޓެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް ފޯމް ނަންގަވައި ފުރުއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  ގޯއްޗައް އެދޭ ފޯމް މި އިދާރާއިން ލިބެންހުންނާނެ ކަމުގައި ދަންނަވަމެވެ. ގޯތި ދިނުމުގައި ޢަމަލުކުރާނެ ގޮތާއި ޕޮއިންޓް ދޭނެގޮތް ހިމެނޭ "މުލަކަތޮޅު ދިއްގަރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު" މި އިޢުލާނާއެކު ޢާއްމުކުރެވިފައި ވާނެއެވެ.

ގޯއްޗަށް އެދޭ މީހުންގެ ހުންނަންވާނެ ޝަރުޠުތައް

(ހ) ދިވެހިރައްޔިތަކު ކަމުގައިވުން.

(ށ) ޢުމުރުން 18 އަހަރުވެފައިވުން.

(ނ) ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން.

(ރ) އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބައެއް ދިރުއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުން.

(ބ) ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

(ޅ) އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

(ކ) ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ރާއްޖޭގެ އެއްވެސްރަށަކުން 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައިނެތުން.

(އ) ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަންދަރިންނާއި، އެމީހަކަށް ޝަރުޢީގޮތުން ބަލަން ޖެހިފައިވާ މީހުންގެ ޢަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއާއި އެމީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަމާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއްލިބި، ނުވަތަ އޮވެ، އެ ގޯއްޗަކާމެދު ޢަމަލުކޮށްފައިވާ ގޮތުގެމައްޗަށް ރިޢާޔަތްކޮށް، އަދި ގޯއްޗަށް އެދިފައިވަނީ ދެމަފިރިން ކަމުގައިވާނަމަ ދެމަފިރިންނަށް ދެގޯތި ނުލިބޭނެގޮތެއް ބަލާ، އެމީހަކީ، ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް، މުލަކަތޮޅު ދިއްގަރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލުގެ 4 ވަނަ މާއްދާގައި ބުނާ ކޮމެޓީއަށް ފެނުން.

               ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.        

                  19 ޛުލްޙިއްޖާ 1439

                  30 އޯގަސްޓް 2018                                            

30 އޮގަސްޓް 2018
ހޯދާ