މަޤާމް
|
މިޔުޒިކް ކޮމްޕޯސަރ
|
އަސާސީ މުސާރަ
|
މަހަކު -/7500 ރުފިޔާ
|
މަޤާމުގެ ރޭންކް
|
ޓީ.ޕީ 4
|
ބޭނުންވާ ޢަދަދު
|
03
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
ޕީ.އެސް.އެމް މިޔުޒިކް
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
- މަސައްކަތުގެ ފެންވަރުބަލާ އިތުރު އަހަރަކަށް ކޮންޓްރެކެޓް އާކޮށް، ކުންފުނީގެ
ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން ދާއިމީ ކުރެވޭނެއެވެ.
|
އިތުރު ޢިނާޔަތްތައް
|
ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- މަޤާމާއި ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ އޮތުން ނުވަތަ ޑިޕްލޮމާއެއް އޮތުމާއެކު ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާއި ގުޅޭ ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޕީ.އެސް.އެމް ގެ ޗެނަލް ތަކަށް ބޭނުންވާ މިޔުޒިކްގެ މަސައްކަތް ކުރުން.
- ޕީ.އެސް.އެމްގެ ޗެނަލް ތަކުން އެއަރ ކުރާ ޕްރޮގްރާމް، ޑޮކިއުމެންޓަރީ ތަކުގެ ބެކް މިޔުޒިކްގެ މަސައްކަތް ކުރުން.
- އެކި މުނާސަބާ އަށް ބޭނުންވާ އޯޑިއޯ ލަވަ، ޖިންގަލް، ސްޕޮޓް، އިސްތިހާރު / ރާގު / މޮންތާޖް / ރިޕޯޓް / ޕްރެސެންޓޭޝަން ތަކަށް ބޭނުންވާ އޯޑިއޯ (އޯޑިއޯގެ ހުރިހާ މަސައްކަތެއް) ރެކޯޑްކުރުމުގެ މަސައްކަތް
- އޯޑިއޯ އާކައިވް ކުރުން
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ޕްރޮޑަކްޝަން މިޔުޒިކް ކޮމްޕޯސް ކުރަން އެނގުން ( ކޮމްޕިއުޓަރ ސޮފްޓްވެއަރ ބޭނުން ކޮށްގެން)
- މިޔުޒިކާ އެކު ލަވަ ރެކޯޑް ކޮށް އޯޑިއޯ ބެލެންސް ކޮށް ފައިނަލް މިކްސިންގ ހަދަން އެނގުން.
- ގިނަ އިންސްޓްރުމަންޓް ކުޅެން އެނގުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
- ޕޮލިސް ރިޕޯޓް
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 5 ސެޕްޓެމްބަރ 2018 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. މި (IUL)PSM-HR/PSM/2018/100) ނަންބަރު އިއުލާންގެ މުއްދަތު އިތުރު ކުރުމަށް ކުރެވުނު އިއުލާނެކެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210،3000268 އާއި ގުޅުއްވުން އެދެމެވެ.
|