ހުޅުދުއްފާރު ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު މަޤާމަށް މީހަކު ހޯދުމަށް

އިޢުލާން

   މަޤާމް:                         މަސައްކަތު

   މަޤާމްގެ ނަމްބަރު:                  J-129517

   ބޭނުންވާ އަދަދު:                   1 (އެކެއް)

   މަޤާމްގެ ގިންތި:                   ދާއިމީ

   މަޤާމުގެރޭންކް:                   SS1

   މަޤާމުގެކްލެސިފިކޭޝަން:            ސަޕޯޓް ސްޓާފް ގްރޭޑް 1

   ސެކްޝަން:                      އެޑްމިން ސެކްޝަން

   ވަޒީފާ އަދާކުރަންޖެހޭ ތަން:            ހުޅުދުއްފާރު ސްކޫލް / ރ. ހުޅުދުއްފާރު

   މުސާރަ:                        -/3100 ރުފިޔާ

   ސަރވިސް އެލަވަންސް:              -/1000 ރުފިޔާ

   ސަޕޯޓިންގ ކޯ އެލަވަންސް 1:          -/1200 ރުފިޔާ

   

އިތުރު އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްޢުލިއްޔަތުތަކާއި ވާޖިބުތައް: 

  1. ސްކޫލްގެ އޮފީސް، ކްލާސްރޫމްތަކާއި، ސްޓާފްރޫމް، ލައިބްރަރީ، ކޮމްޕިއުޓަރ ލެބް އަދި އެހެނިހެން ޢިމާރާތްތަކުގެ ތެރެއިން އެތަނެއް ސާފުކޮށް ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ ތަންތަން ކުނިކަހާ، ސާފުކޮށް ބެލެހެއްޓުމާ، ތަށިމުށި ޖަހާފައިވާ ކުލާސްތަކާއި، އެހެނިހެން ތަންތަން ދުވާލަކު 1 ފަހަރު މޮޕްކުރުން.
  2. ސާފުކޮށް ބަލަހައްޓަން ހަވާލުކުރެވިފައިވާ ތަންތަނުގެ ދޮރުތަކާއި ކުޑަދޮރުތަކާއި ދޮރުފަތްތަކުގެ އިތުރުން ފަންކާތަކާއި ހޮޅިބުރިފަދަ ތަކެތީގެ ހިރަފުސް ފޮޅާސާފުކުރުން. (މަދުވެގެން ހަފްތާއަކު އެއްދުވަހު)
  3. އޮފީހުން އަންގާ އިތުރުގަޑީގެ މަސައްކަތަށާއި، ޑިޔުޓީއަށް ޤަވާޢިދުން ޙާޒިރުވުން.
  4. ޖަލްސާތާކާ، ބައްދަލުވުންތަކަށް ހޯލްރާވާ، އިންތިޒާމުކުރުން.
  5. ސެޝަނުގައި މަސައްކަތްކުރާ މަސައްކަތު މީހަކު ޙާޟިރުނުވާ ދުވަހެއްގައި އެމުވައްޒަފަކާއި ޙަވާލުކުރެވިފައިވާ މަސްޢޫލިއްޔަތުގެ ތެރޭގައި ހިމެނޭ، ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަމެއް ޙަވާލު ކުރެވިއްޖެނަމަ، މަސައްކަތް ސުޕަވައިޒްކޮށް ބަލަހައްޓާ ފަރާތުން އަންގާ ގޮތެއްގެ މަތިންކުރުން.
  6. ސްޓާފް ރޫމާއި، އޮފީހުގެ ފެންކޫލަރުގައި ފެން ހުރިތޯބަލާ ފެންއަޅާ ބެލެހެއްޓުން.
  7. ސުކޫލުން ބާއްވާ އެންމެހާ ޙަފްލާތަކުގައި ސްކޫލުން އެހީތެރިކަމަށް އެދިފިނަމަ އެހީތެރިވެދިނުން.
  8. ޑިއުޓީގައި ހުންނަ ސެޝަނުގައި މަސައްކަތް ކުރައްވާ ޓީޗަރުންނާއި ސުޕަވައިޒަރުން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި، މަސައްކަތު މީހެއްގެ އެހީއަށް ބޭނުންވާ ވަގުތުގައި އެފަރާތްތަކަށް އެހީތެރިވެ އެއްބާރުލުން ދިނުން. ޚާއްސަކޮށް ދަރިވަރުންނާއިގުޅޭ ކަންތައްތަކުގައި ޚާއްސަ ސަމާލުކަމެއް ދިނުން.
  9. ކުނިކަހާ ކުލާސްރޫމްތަކުގެ ދޮރުތައް ތަންޑުއަޅުވާ، ހޮޅިބުރިތަކާ ފަންކާތައް ނިވާލުން.
  10. ސްކޫލްގެ ދަރިވަރުންގެ ފާޚާނާތަކާއި މުވައްޒަފުންގެ ފާޚާނަގެ ތެރެއިން ސާފުކޮށް ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ ފާޚާނާތައް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.
  11. ސްކޫލްގެ އިމާރާތްތަކުގެ ފުރާޅުތަކާއި ދިޔަދޮވިތަކާއި ފެންނަގަން ބޭނުންކުރާ ވަޅުތަކާއި ބޯފެން ރައްކާކުރާ ތާނގީތައް ސާފުކޮށްބެލެހެއްޓުމާއި ހަވާލުކުރެވިއްޖެނަމަ، މަސައްކަތް ސުޕަވައިޒްކޮށް ބަލަހައްޓާފަރާތުން ކަނޑައަޅާ މިންވަރަށް ސާފުކޮށް ބަލަހައްޓަންވާނެއެވެ.
  12.  ސްކޫލްގެ ބަގީޗާ ފެންދީ، ކޮށާ ބެލެހެއްޓުން.
  13. ސްކޫލްގެ ގޯތިތެރޭގައި ހުންނަ ރުއްގަސްތައް ކޮށާ ސާފުކޮށް ބެލެހެއްޓުމާއި ހަވާލުކުރެވިއްޖެނަމަ، މަސައްކަތް ސުޕައިޒްކުރާފަރާތުން ކަނޑައަޅާ މިންވަރަށް ރަނގަޅަށް ސާފުކޮށް ބަލަހައްޓަންވާނެއެވެ.
  14. ސާފުކުރުމަށް ހަވާލުކުރެވޭ ތަންތަން، މަސައްކަތް ސުޕަވައިޒްކުރާ ފަރާތުން ކަނޑައަޅާ މިންވަރަށް ރަނގަޅަށް ސާފުކުރުން.
  15. ނިންމަންޖެހޭ މަސައްކަތްތައް ނިންމުމުގައި މަސައްކަތް ސުޕަވައިޒް ކުރުމަށް ހަވާލުކުރެވިފައިވާ ފަރާތުގެ އިރުޝާދު ހޯދުން. އަދި ޙަވާލުކުރެވޭ މަސައްކަތް ލަސްނުކޮށް  އަންގާ މުއްދަތަށް/ވަގުތަށް ނިންމުން.

ޝަރުތު:                 

  1. ލިޔަން ކިޔަން އެނގުން
  • ނޯޓް: ލިޔަން ކިޔަން އެނގޭ ކަމަށް ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭ ކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު މިސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް  www.csc.gov.mvން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެންސް ފޯމް.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 

- ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

       މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ސެޕްޓެމްބަރ 2018ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން ހުޅުދުއްފާރު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އަދި އިޢުލާން ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު ކުރުން:

       މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 12 އަދި 13 ސެޕްޓެމްބަރ 2018 މިދެދުވަހު ހުޅުދުއްފާރު ސްކޫލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

       މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

       މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580097 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

29 އޮގަސްޓް 2018
ހޯދާ