ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ިމަރުކަޒުގެ ހޯލް އިމާރާތަށް ބޭނުންވާ ފަރުދާ ހޯދައި ހަރުކުރުން

  1. މިމަރުކަޒުންދޭ މަޢުލޫމާތާ އެއްގޮތަށް މިމަރުކަޒުގެ ހޯލް އިމާރާތަށް ބޭނުންވާ ފަރުދާ ހޯދައި ހަރުކޮށްދޭނެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

 2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 އޮގަސްޓް 29 އިން 2018 ސެޕްޓެމްބަރ 05 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ސެޕްޓެމްބަރ 05 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2018 ސެޕްޓެމްބަރ 06 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

 5. ނަންނޯޓް ނުކުރައްވާ ފަރާތަކަށް މަޢުލޫމާތު ސާފުކުރުމުގައާ އަންދާސީހިސާބުހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

 6. ބިޑް ހުޅުވުން އޮންނާނީ 2018 ސެޕްޓެމްބަރ 11 ވާ އަންގާރަ ދުވަހުގެ 11:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

 7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 8. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ހއ.އަތޮޅު ތަޢުލީމީ މަރުކަޒު

  ސާރުލްއަމީން މަގު، ދިއްދޫ، ދިވެހިރާއްޖެ.

  ފޯން:  6500014, 6500076

  އީ-މެއިލް: [email protected],mv

 ކޮޕީ އީ-މެއިލް: [email protected]

29 އޮގަސްޓް 2018
ހޯދާ