މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - މަސައްކަތު

މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :1

                           ނަންބަރު:  (IUL)321-A/321/2018/93     

އިޢުލާން

               ތިރީގައި މިދަންނަވާ މަޤާމުގައި މަސައްކަތްކުރާނެ މުވައްޒަފަކު މިއިދާރާއަށް ބޭނުންވެއްޖެއެވެ.

 

މަސައްކަތު

J-221751

01

ދާއިމީ

އެސް.އެސް 1

މަޤާމް:

މަޤާމް ނަންބަރު:

ބޭނުންވާ ޢަދަދު:

މަޤާމުގެ ގިންތި:

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ކޯޕަރޭޓް އެފެއާޒް

ސެކްޝަން:

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ

މަޤާމް އޮތް އޮފީސް:

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ

މަހަކު 3،100.00 (ތިންހާސް އެއްސަތޭކަ ރުފިޔާ)

ވަޒީފާއަދާކުރަން ޖެހޭ ތަން:

މުސާރަ:

މަހަކު 1,000.00 (އެއްހާސް ރުފިޔާ)

ސަރވިސް އެލެވަންސް:

މަހަކު 1،200.00 (އެއްހާސް ދުއިސައްތަ ރުފިޔާ)

ސަޕޯޓިންގ ކޯ އެލަވަންސް 1:

    1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
    2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
    3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

އިތުރު ޢިނާޔަތްތައް:

    1. އިދާރާއާއި އިދާރާގެ ގޯތިތެރެއާއި އަދި އިދާރާގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން
    2. އިދާރާގެ ބޭނުންތަކުގައި އިދާރާއަށް ޙާޟިރުކުރަން ޖެހޭ މީހުންނާއި ގުޅައި ނުވަތަ ހޯދައިގެން ގެނައުން
    3. އިދާރާގެ އިޢުލާން / އެންގުންތައް ރަށުތެރޭގައި އާއްމުކުރުމާއި، ކައުންސިލްއިދާރާގެ އަޑުގަދަކުރާއިން ގޮވުން
    4. ސަރުކާރުގެ ވެރިންނާއި، ޢިއްޒަތްތެރީންނާއި އަދި ދަޢުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި ޓީމްތަކުގެ ބޭފުޅުން ވަޑައިގަންނަވާއިރު އެބޭފުޅުންނަށް މެހުމާންދާރީ އަދާކުރުމުގެ ކަންތައްތައް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން
    5. އޮފީހުގެ ފަރާތުން ބާއްވާ އެކިއެކި ހަފްލާތަކާއި ޖަލްސާތަކާއި، ރަސްމިއްޔާތުތަކަށް ތަން ތައްޔާރުކޮށް އެކިފަރާތްތަކާއި ޙަވާލުކުރަންޖެހޭ ތަކެތި ޙަވާލުކުރުން
    6. އެކިފަރާތްތަކުން އޮފީހަށް ދައްކާފައިސާފިޔަވައި އެހެނިހެންތަކެތި ބަލައިގަނެ އެތަކެތި އޮފީހުގެ ފަރާތުން އަންގާ ތަނެއްގައި ރައްކާކުރުމާއި، އެކިފަރާތްތަކަށް ދޫކުރަންޖެހޭ ތަކެތި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ދޫކޮށް ބެލެހެއްޓުން
    7. ރަށުތެރޭގައި ހިނގާ ޤާނޫނާއި ޤަވާއިދާ ޚިލާފުކަންތައްތައް އޮފީހުގެ ވެރިންނަށް އެންގުން. އަދި ރައްޔިތުންގެ މަސައްކަތްތަކުގައި ވެރިންނަށް އެހީވެ އެއްބާރުލުން ދިނުން
    8. ކައުންސިލުން ކުރިޔަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙާވާލުކުރެވޭ އެހެނިހެން ކަންތައްކުރުން
    9. އޮފީހުގެ ގޯތިތެރޭގައި ގަސްއިންދާ ފެހިކުރުމާއި ގަސްތަކަށް ފެންދީ ހައްދާ ބެލެހެއްޓުން

މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

ލިޔަންކިޔަން އެގުން

ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަކަށް ބަލައިގެންނެވެ.

މަޤާމުގެ ޝަރުތުތައް:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

    • ލިބިފައިވާ ތަޢުލީމާއި ތަމްރީނު  
    • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
    • މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

    1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
    2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
    3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް               
    4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
    5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަ ކުރި ކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

    1. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
    2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،އެސެޓްފިކެޓް ތަކުގެ ކޮޕީ
    3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

9. ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނެތް ފަރާތްތަކުން ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 13 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމާއި، ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައި ގަނެވޭނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 23 ސެޕްޓެމްބަރ 2018 އާއި 04 އޮކްޓޯބަރ 2018 އާއި ދެމެދު ތުޅާދޫ ކައުންސިލްގެ އިދާރާގައެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ  ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

 

35% (ތިރީސްފަސް އިންސައްތަ)

މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600006 ނަންބަރު ފޯނާއެވެ. މެއިލް ކުރައްވާނަމަ، ކުރައްވާނީ [email protected] އަށެވެ. 

އިތުރު މަޢުލޫމާތު ހޯދުން:

 17 ޛުލްޙިއްޖާ 1439

 

 

                 

28 އޮގަސްޓް 2018
ހޯދާ