މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢްލާން

ވަޒީފާގެ ފުރުޞަތު

މަޤާމް:

ޕްލާންޓްއޮޕަރޭޓަރ

މަޤާމުގެ ނަމްބަރު:

J-220044

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް،އެސް.2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާއަދާކުރަންޖެހޭ ތަން:

މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާ

މުސާރަ:

3470.00ރުފިޔާ

ސަރވިސް އެލެވަންސް:

1000.00ރުފިޔާ

އެހެނިހެން އެލަވަންސް:

1- ސަޕޯޓިންގ ކޯ އެލަވަންސް1: 1200.00ރުފިޔާ

2- ހާރޑްޝިޕް އެލަވަންސް (ނިކުންނަ ކޮންމެ ދުވަހަކަށް 20.00ރުފިޔާ)

3- ރިސްކް އެލަވަންސް   (ރިސްކް މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 100.00ރުފިޔާ)

4- މީގެ އިތުރުން ސިވިލްސަރވިސްގެ ޤަވަޢިދުގައިވާ ގޮތުގެ މަތިން އިތުރުގަޑީގައި މަސައްކަތްކުރާ ނަމަ އިތުރުގަޑީގެ އެލަވަންސް ލިބޭނެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ކޮންމެ ދުވަހަކު މަދުވެގެން 01 ފަހަރު 03 ޕަންޕިންސްޓޭޝަނާއި އައުޓްފޯލް ޕަންޕިން ސްޓޭޝަން ބަލާ ޗެކްކުރުން

2- ފެނާއި ނަރުދަމާ ނިޒާމުގެ ސްޕެއަރ ޕާރޓްސް ބޭނުންވެއްޖެ ހިނދެއްގައި އެތަކެތީގެ ލިސްޓްނަގާ، ލިބޭ ސްޕެއަރ ޕާރޓްސް އިސްވެރިއެއްގެ ލަފާގެ މަތިން ބެލެހެއްޓުން

3- ގެއެއްގެ ސެޕްޓިކް ޓޭންކް ހިއްކަންޖެހިއްޖެ ޙާލަތެއްގައި ސެޕްޓިކްޓޭންކް ހިއްކުމުގައި އެހީތެރިވުން

4- ގޭގޭގައި ބަހައްޓާފައިހުރި ސެޕްޓިކް ޓޭންކްގެ ފިލްޓަރސާފުކުރުން

5- ނަރުދަމާ ނިޒާމާއި ގުޅުންހުރި މަޢުލޫމާތު ދުވަހުން ދުވަހަށް ނަގާ ރެކޯޑްކޮށް އެމަޢުލޫމާތު ކައުންސިލް އިދާރާ އިން އަންގާ އުޞޫލެއްގެ މަތިން އެންގުން

6- ކޮންމެމަހަކު މަދުވެގެން 2 ފަހަރު 3 ޕަންޕިން ސްޓޭޝަނާއި އައުޓްފޯލް ޕަންޕިން ސްޓޭޝަން ސާފުކުރުން

7- ކޮންމެ 4 މަހަކުން 1 ފަހަރު ނަރުދަމާ ނިޒާމުގައި އަޅާފައިވާ މައިހޮޅިތަކާއި މެއިންހޯލްތަކާއި ކްލީންއައުޓްތަކާއި އެހެނިހެން ބައިތައް ފްލެޝްކޮށް ސާފުކުރުން

8- ކޮންމެ ހަފްތާއަކު 1 ފަހަރު އައުޓްފޯލްގެ ވޭލްތައް ޗެކްކުރުން

9- ކޮންމެ މަހަކު 1 ފަހަރު އައުޓްފޯލްތަކުގެ ވޭލްތައް ސާފުކުރުން

10- ޖަނަރޭޓަރު ހިންގަން ޖެހިއްޖެ ޙާލަތެއްގައި ޖަނަރޭޓަރުތައް ހިންގުން

11- ކޮންމެ މަހަކު 1 ފަހަރު ޖަނަރޭޓަރުތައް ސާފުކުރުން

12- އިޖްތިމާޢީ ސަރަހައްދުތަކާއި މަގުތަކުގައި ޖަހާފައިވާ މަގުމަތީ ބައްތިތައް ކައުންސިލް އިދާރާއިން އަންގާ އުޞޫލެއްގެ މަތިން ދިއްލާ ބެލެހެއްޓުމާއި މަރާމާތު ކުރުމުގެ އެންމެހައި ކަންތައްތައް ކުރުން

13- ފެނާއި ނަރުދަމާއާއި ގުޅުންހުރި އާއްމުބަލިމަޑުކަމެއް ފެތުރޭނަމަ މިފަދަކަމެއް ކޮންޓްރޯލް ކުރުމަށްޓަކައި ތަނުގެ އިސްވެރިންހިންގާ ކަންކަމަށް އެހީތެރިކަންދީ އެމަޖެންސީކަމެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުވަންދެން އެހީތެރިވުން

14- ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ހަވާލުކުރެވިފައިވާ އެންމެހައި ތަކެތި ފަރުވާތެރިކަމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުން

މަޤާމުގެ ޝަރުޠުތައް:

 1- ލިޔަން ކިޔަން އެނގުން

ނުވަތަ

2- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ޙާޞިލްކޮށްފައިވުން 

ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގސެޓްފިކެޓް  ނުވަތަ ލިޔަންކިޔަން އެނގޭކަން ބަޔާންކޮށް ސަރުކާރުގެ ކަމާއިބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

   

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-ތަޢުލީމާއި ތަމްރީނު (ލިބިފައިވާ އިތުރު ތަޢުލީމާއި ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީނު %26

2-މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ %26

3-މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި އެހެނިހެން ސިފަތައް(އިންޓަރވިއު) %48

ނޯޓް:  މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން  ލިބުނު ޕޮއިންޓުގެ ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މިއިދާރާގެ އީމެއިލް [email protected] އަދި ފެކްސް 6640072 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 10 ސެޕްޓެމްބަރ 2018 އާއި 13 ސެޕްޓެމްބަރ 2018 އާ ދެމެދު މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާގެ މީޓީންގ ރޫމްގައެވެ.

ޝޯޓް ލިސްޓްކުރުން:    

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

މިއިޢްލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، 6640072 ނަންބަރު ފޯނަށެވެ ފެކްސް ނަންބަރަކީ 6640072 އެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

17 ޛުލްޙިއްޖާ 1439

28 އޯގަސްޓް 2018

28 އޮގަސްޓް 2018
ހޯދާ