މަޤާމް
|
ބިއުރޯ އެގްޒެކްޓިވް
|
އަސާސީ މުސާރަ
|
މަހަކު -/6950 ރުފިޔާ
|
މަޤާމުގެ ރޭންކް
|
ޓީޕީ 5
|
ބޭނުންވާ ޢަދަދު
|
1
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
އެގްޒެކްޓިވް ބިއުރޯ
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
- މަސައްކަތުގެ ފެންވަރުބަލާ އިތުރު އަހަރަކަށް ކޮންޓްރެކެޓް އާކޮށް ކުންފުނީގެ އުސޫލުތަކުގެ މަތިން ދާއިމީ ކުރެވޭނެއެވެ.
|
އިތުރު ޢިނާޔަތްތައް
|
ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- މަޤާމާއި ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުން ނުވަތަ ޖީ.ސީ.ސީ އޭ ލެވެލް އިމްތިހާނުން މަދުވެގެން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާ މަޤާމާގުޅޭ ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން މަދުވެގެން 6 (ހައެއް) މާއްދާއިން ފާސްވެފައިވުމާއެކު މަޤާމާއި ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އެގްޒެކްޓިވް ބިއުރޯގެ ކޮންޓެންޓާ ގުޅުން ހުރި މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް އިސްމެނޭޖްމަންޓުގެ ލަފާގެ މަތިން ކުރުން
- ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާއި ކުރަންޖެހޭ އެކި މުޢާމަލާތްތައް ކުރެއްވުމާއި އެކަންކަމުގައި އެހީތެރިވުން
- މީޓިންގތައް ޝެޑިއުލް ކުރައްވައި އިންތިޒާމް ކުރެއްވުމާއި، މީޓިންގ ރެކޯޑްތައް ބެލެހެއްޓުން.
- ބިއުރޯގެ ފަރާތުން ބާއްވާ މީޓިންގތަކުގެ ޔައުމިއްޔާ ލިޔުން
- އިސްމެނޭޖްމަންޓުން އަންގަވާ އެހެނިހެން ރަސްމީ މުއާމަލާތްތައް ކުރެއްވުން.
- އެގްޒެކްޓިވް ބިއުރޯއާއި ކުންފުނީގެ އެންމެ އިސް މަސައްކަތުގައި އެހީތެރިވުމާއި، ވަޒީފާއާއި ގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތްކުރުން.
- ކޮންޓެންޓާއި ގުޅުންހުރި ކަންކަން މެނޭޖްމެންޓުގެ ލާފާގެ މަތިން މަސައްކަތްކުރުން
- އޮފީހުގެ އެހެނިހެން ކަންކަމުގައި ބައިވެރިވުމާއި އެއްބާރުލުން ދިނުން
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
- ޕޮލިސް ރިޕޯޓް
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2018 އޮގަސްޓް 31 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210،3000268 އާއި ގުޅުއްވުން އެދެމެވެ.
|