ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2018/67

ތާރީޚް:  27 އޯގަސްޓް 2018

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް: އެމް.އެސް 3

ޢަދަދު

1

ސެކްޝަން: ހައުސްކީޕިންގ

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

-/7,035 ރުފިޔާ

އެލަވަންސް

- ޖުޑީޝަލް އެލަވަންސް: 3,517.50 (އަސާސީ މުސާރައިގެ %50)

- ސަރވިސް އެލަވަންސް: -/2,000

- ލިވިންގ އެލަވަންސް: -/3,000

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

 

 

1- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުން، ނުވަތަ

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއިއެކު، MS 2  ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

  • މާލޭގައި ހުރި ޝަރުޢީދާއިރާގެ އެންމެހާ ޢިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  • މާލޭގައި ހުރި ޝަރުޢީދާއިރާގެ އެންމެހާ ޢިމާރާތްތަކުގެ ކަރަންޓާއި ފެންވައިރާއި އެއަރކޮންޑިޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  • ޑިޕާޓްމަންޓުގެ ފަރާތުން ކުނިކަހާ ފޮޅާ ސާފުކޮށް ބަލަހައްޓަންޖެހޭ ތަންތަން ކުނިކަހާ ފޮޅާ ސާފުކޮށް ބެލެހެއްޓުމާއި ކުނިއުކާލުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  • ތީމުގޭގެ ބެކަޕް ޖަނަރޭޓަރގެ މެއިންޓަނަންސް މަސައްކަތް ބެލެހެއްޓުން.
  • ތީމުގޭގެ ގޯތިތެރޭގައި އޮތް ސުވިމިންގ ޕޫލްގެ އެންމެހާ މަރާމާތުތައް ހިންގާ ބެލެހެއްޓުން.
  • ޑިޕާޓްމަންޓާއި، ޑިޕާޓްމަންޓުން ބަލަހައްޓާ ޢިމާރާތްތަކުގެ އެތެރޭގައާއި ކޮރިޑޯތަކުގައާއި ގޯތިތެރޭގައި ތަކެތި ބަހައްޓާފައިހުރޭތޯ ބަލައި މިގޮތުން ހުންނަތަކެތި ނަގާ އެއެއްޗެއް ހުންނަންޖެހޭ ތަނަކަށް ގެންދިއުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކަމާބެހޭ މުވައްޒަފުން ލައްވާ ކުރުވުން.  
  • ޑިޕާޓްމަންޓާ، ޑިޕާޓްމަންޓުން ބަލަހައްޓާ ޢިމާރާތްތަކުގައި ކުރެވޭ އެންމެހާ މަސައްކަތްތަކުގެ ލޮގް ޝީޓް ބެލެހެއްޓުމާއި މަރާމާތަށް ހޯދޭ ތަކެތީގެ ސްޓޮކް ބެލެހެއްޓުން.
  • ޑިޕާޓްމަންޓުން ބަލަހައްޓާ އެންމެހާ ޢިމާރާތްތަކުގެ ތެރެއިން މާލޭގައިހުރި ޢިމާރާތްތަކުގައި ގަސްމުށި ބެހެއްޓުމާއި ބަގީޗާ ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ އިންތިޒާމްތައް ހިންގާ ބެލެހެއްޓުން.
  • ޑިޕާޓްމަންޓުގެ ފަރާތުން މާލޭގައި މަރާމާތު ކުރަންޖެހޭތަންތަން މަރާމާތު ކުރުމާއި، ކުނިކަހާ ފޮޅާސާފުކުރުމާ ކުނިއުކާލުމާއި، ބަގީޗާ ބެލެހެއްޓުންފަދަ މަސައްކަތްތަކާގުޅިގެން ތައްޔާރުކުރަންޖެހޭ މަޢުލޫމާތު ޝީޓްތައް ތައްޔާރު ކުރުމާއި، އިޢުލާން ކުރުމާއި، އެސްޓިމޭޓްތައް އިވެލުއޭޓް ކުރުން.
  • ޑިޕާޓްމަންޓުގެ ފަރާތުން މާލޭގައި މަރާމާތު ކުރަންޖެހޭތަންތަން މަރާމާތު ކުރުމާއި، ކުނިކަހާ ފޮޅާސާފުކުރުމާ ކުނިއުކާލުމާއި، ބަގީޗާ ބެލެހެއްޓުންފަދަ މަސައްކަތްތަކާގުޅިގެން ތައްޔާރުކުރަންޖެހޭ އެއްބަސްވުންތައް ތައްޔާރު ކުރުމަށް ޕްރޮކިއުމަންޓް ސެކްޝަނަށް ހުށަހެޅުން.
  • ޑިޕާޓްމަންޓުގެ ފަރުނީޗަރާއި ފިކްސްޗަރ ފަދަތަކެތި އެއްތަނުން އަނެއްތަނަށް ބަދަލުކުރުމާބެހޭ މަސައްކަތް ޕްރޮކިއުމަންޓް ސެކްޝަނުން އަންގާ ގޮތެއްގެމަތިން ކުރުން.
  • ޑިޕާޓްމަންޓާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ވެހިކަލްތައް މަރާމާތު ކުރުމާއި، ޝަރުޢީދާއިރާގެ ވެހިކަލްތަކުގެ ތެރެއިން ޑިޕާޓްމަންޓުން މަރާމާތުކޮށްދޭންޖެހޭ ވެހިކަލްތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރުން.
  • ޑިޕާޓްމަންޓުގެ ސެކްޝަންތަކުން އެއްތަނުން އަނެއްތަނަށް އުފުލަންޖެހޭ ތަކެތި އުފުލުމުގައި  ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • ޑިޕާޓްމަންޓުގެ ހައުސްކީޕިންގެ ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ޤަވާޢިދުން މޮނިޓަރކޮށް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

  • 2018 ސެޕްޓެމްބަރު 9 ވާ އާދީއްތަ ދުވަހުގެ 13:30 ގެކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006280
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނެއުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

އެސިސްޓެންޓް ޑިރެކްޓަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތައުލީމް: 40 ޕަސެންޓް
  • މަސައްކަތުގެ ތަޖްރިބާ: 8 ޕަސެންޓް
  • އިންޓަރވިއު އާއި މަސައްކަތަށް ބޭނުންވާ ހުނަރަށް: 40 ޕަސެންޓް
  • ޝަރުޢީދާއިރާގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ އެފަރާތެއްގެ މަސައްކަތު އަޚްލާޤާއި،  ޕަރފޯމެންސަށް: 12 ޕަސެންޓް

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ރާއްޖެތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބާހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް އެޑްވާންސް ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތަކަށްވުން.
  • ސުޕަވައިޒަރުގެ މާބޮޑު ގައިޑެންސެއް ނެތި މިނިވަންކަމާއެކު، އަމިއްލަ ވިސްނުމާ ޚިޔާލު ބޭނުންކޮށްގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން.
  • ވަޒީފާއާއިބެހޭ ޤާނޫނާއި، ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާއި، އަދި ޝަރުޢީދާއިރާގައި ހެދިފައި ހުންނަ ޤަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
27 އޮގަސްޓް 2018
ހޯދާ