މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އައްޑޫ ސިޓީ މާމެންދޫ ސަރަޙައްދުން ވަކިކޮށްފައިވާ ގޯތިތަކާއި ގުޅޭ

މޯލްޑިވްސް ލޭންޑް ސާރވޭ އޮތޯރިޓީގެގެ ނަމްބަރ:(IUL)431-VR/431/2018/3 (21 މާރޗް 2018) ގެ އިޢުލާނާއި ގުޅިގެން ކުރިން ހިތަދޫ މާމެންދޫ ސަރަހައްދުން ނެގިފައިވާ ގޯތިތަކާއި ބެހޭ ލިޔެކިޔުން ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވި ނަމަވެސް އެފަދަ ފަރާތްތަކުން ހުށަހަޅާ ލިޔުންތައް މިދަނީ ބަލައިގަންނަމުންނެވެ.

ވީމަ ދަންނަވަމެވެ. މިކަމަށް މިހާރު އެކަށީގެންވާ މުއްދަތެއް ދެވިފައިވާތީ 06 ސެޕްޓެމްބަރ 2018 ބުރާސްފަތި  ދުވަހުގެ ފަހުން އެފަދަ ލިޔުންތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ.

27 އޮގަސްޓް 2018
ހޯދާ