އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުކުގެ ވެރިފަރާތް ހޯދުން

މިރަށުގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް ކަނޑައަޅާފައިވާ ބިމުގައިހުރި ރުއްތައް ކަނޑަންޖެހޭތީ އެ ސަރަޙައްދުގައިހުރި އަމިއްލަ މީސްމީހުންގެ ރުއްތައް ދެނެގަންނަންބޭނުންވެއެވެ.  

މި ބިން އޮންނާނީ ނަސްރު މަގުގެ އުތުރު ކޮޅުގައެވެ. މި ސަރަހައްދުން ކަނޑަންޖެހޭ ރުއްތަކުގައި މި އިދާރާއިން މިހާރުވާނީ ރަތްކުލައިގެ ދަވާދުން ނަންބަރު ޖަހާފައެވެ.

ވީމާ، މި ރުއްތަކުގެ ވެރިފަރާތްތަކުން، މި އިދާރާއިން ޖަހާފައިވާ ނަންބަރާއި އެ ރުކެއްގައި، ރުކުގެ ވެރިފަރާތުން ޖަހާފައިވާ ނަންބަރު ނޯޓުކުރައްވައިގެން، 2018 ސެޕްޓެންބަރ 5 ވާ ބުދަ ދުވަހުގެ 11:00ގެ ކުރިން މި އިދާރާއަށް ދުރުވެ އެ މަޢުލޫމާތު ނޯޓްކުރެއްވުމަށް ދަންނަވަމެވެ. 

27 އޮގަސްޓް 2018
ހޯދާ