ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓުގެ ގޭޓުހަދައި ހަރުކުރުމާއި އަދި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

                                ނަމްބަރ: N2C-A/2018/02

ޢިއުލާން

 

                މިކޯޓުގެ ގޭޓުހަދައި ހަރުކުރުމާއި އަދި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ޢިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ޙާޟިރުވެފައިނުވާތީ އެޢިއުލާން ބާޠިލްކުރުމަށްފަހު އެމަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް އަލުން ޢިއުލާންކުރަމެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 04 ސެޕްޓެމްބަރ 2018 ދުވަހުގެ 12:30 އަށް މި ކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު،  10 ސެޕްޓެމްބަރ 2018 ދުވަހު 12:30 އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީ ހިސާބު  ހުށަހެޅުއްވުން އެދެމެވެ.

                ބަދަލުގައި މިހަކު ފޮނުވާނަމަ އެފަރާތުން ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. އަދި  ކުންފުންޏެއްގެ ނަމުގައި ވަޑައިގަންނަވާނަމަ ކުންފުނީގެ ލެޓަހެޑުގައި، ކުންފުނީގެ ފަރާތުން ފޮނުވިކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. އަދި ފަރުދީ ހައިސިއްޔަތުން ވަޑައިގަންނަވާނަމަ، އައިޑީކާޑު ގެންނަންވާނެއެވެ. ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

                16 ޛުލްހިއްޖާ   1439

                27 އޯގަސްޓް   2018

27 އޮގަސްޓް 2018
ހޯދާ