މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މާލޭސިޓީގައި 2017 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމާއި ގުޅޭ

            2017 ވަނަ އަހަރުގެ މުދަލުޒަކާތުން ފަޤީރުންނާއި މިސްކީނުންނަށް ކަނޑައެޅުނު ބައިން މާލެސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ 04 ސެޕްޓެންބަރު 2018 ން 06 ސެޕްޓެންބަރު 2018 ގެ ނިޔަލަށެވެ. މިގޮތުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތައް ތިރީގައި މިދަންނަވަނީއެވެ.

ތާރީޚް

ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ގަޑި

ޒަކާތް ބެހުމުގެ މަސައްކަތްކުރާ ތަން

04 ސެޕްޓެންބަރު 2018 (އަންގާރަ)

09:00 ން 15:00 އަށް

އިސްލާމީ މަރުކަޒުގެ ހޯލު    

05 ސެޕްޓެންބަރު 2018 (ބުދަ)

09:00 ން 15:00 އަށް

އިސްލާމީ މަރުކަޒުގެ ހޯލު    

06 ސެޕްޓެންބަރު 2018 (ބުރާސްފަތި)

09:00 ން 15:00 އަށް

އިސްލާމީ މަރުކަޒުގެ ހޯލު    

           އަދި ދަންނަވަމެވެ. ފަޤީރުންގެ ދަފްތަރުގައި ނަންނޯޓް ކުރެވިފައިވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުހިފައިގެން ބަދަލުގައި މީހަކު އައިކަމުގައި ވީނަމަވެސް އެއީ ވެރިފަރާތުން ފޮނުވި މީހެއްކަމުގައި ބަލައި އެފަރާތުގެ ފައިސާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން އަންނަ ފަރާތަކަށް ދޫކުރެވޭނެއެވެ. އަދި ކޮންމެ ދުވަހަކު ދޫކުރުމަށް ހަމަޖެހިފައިވަނީ 150 ނަންބަރެވެ. ކޮންމެ ނަންބަރަކަށް ޚިދުމަތް ދެވޭނީ ގިނަވެގެން 15 އައި.ޑީ ކާޑަށެވެ.

           ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

 

ނޯޓް: ނަމާދު ވަގުތަށް ބަންގި ގޮވާ ވަގުތުން ފެށިގެން 30 މިނެޓަށް ފައިސާ ދޫކުރުން މެދުކަނޑާލެވޭނެ ވާހަކަ ދަންނަވަމެވެ

 

15 ޛުލްޙިއްޖާ 1439

26 އޮގަސްޓު 2018

26 އޮގަސްޓް 2018
ހޯދާ