މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރގެ ކޮންޓްރެކްޓް މަޤާމަށް މީހަކު ހޯދުމަށް

އިޢުލާން

މަގާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ބާވަތް

ކޮންޓްރެކްޓް

މުއްދަތު: 03 މަސް

ބޭނުންވާ އަދަދު

01 (އެކެއް)

މުސާރަ މަހަކު

-/7000

އިތުރު ގަޑީގެ އެލަވަންސް: އާއްމު މަސައްކަތު ގަޑީގެ އިތުރުން މަސައްކަތް ކުރާ ވަޤުތަށް މުސާރައިގެ ދިހަ ޕަސަންޓްއަށް ވާ އިތުރު ގަޑީގެ ފައިސާ މަހު މުސާރައިގައި ހިމެނޭނެއެވެ.

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް

މަގާމުގެ ޝަރުތު

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކޭޓް އިމްތިހާނުގައި 'ދިވެހި މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު

  1. މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި އަތޮޅު ތެރޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް، ސެކްޝަންގެ ވެރިންނާއި މަޝްވަރާކޮށްގެން ރާވައި އަދި އެ ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތްތައް ކުރުން.
  2. ދީނީގޮތުން ޚިލާފު އުފެދިފައިވާ ކަންކަމާބެހޭގޮތުން މާލޭ ސިޓީގެ މައްސަލަތަކާބެހޭ އިދާރީ މަސައްކަތްކުރުން، އަދި މިފަދަ މައްސަލަތަކުގެ ތެރެއިން ޢާއްމުންނާއި ގުޅުންހުރި ލިޔުން (ނޫސް ބަޔާން، ސަރކިއުލަރ އަދި އިޢުލާން) ފަދަ ތަކެތީގެ ރެކޯޑް ބެލެހެއްޓުން.
  3. ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ޢިލްމުވެރިންނާއި އަދި އެފަދަ ބޭފުޅުން ރާއްޖޭގައި ދެއްވާ ތަޤްރީރުތަކާއި ލެކްޗަރތަކާއި އަދި އެނޫންވެސް އެފަދަ ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތްތައްކުރުން.
  4. ޖަލްސާތަކާއި ސެމިނަރ/ވާރކްޝޮޕް/ފޯރަމްތައް ބޭއްވުމުގެ ކަންތައް ބެލެހެއްޓުމާއި އެޖަލްސާތަކުގެ ޔައުމިއްޔާތަކާއި ލިޔުންތައް ތައްޔާރުކުރުން.
  5. ސެކްޝަނުން ޓައިޕް ކުރަންޖެހޭ ލިޔުންތައް ޓައިޕްކުރުމާއި ލިއެކިޔުންތައް ފައިލްކުރުން.
  6. ނަން ފާސްކުރުމުގެ އިދާރީ މަސައްކަތްތައް ކުރުން، މިގޮތުން ފާސްކުރެވޭ ނަންތައް ކޮމްޕިއުޓަރއަށް އެންޓަރކުރުމާއި އޭގެ ރެކޯޑު ޢާއްމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން
  7. ސެކްޝަނަށް އެންޓްރީކޮށްގެން ގެންނަ ސިޓީފަދަ ތަކެތި އެކްސެޕްޓްކޮށް އެމައްސަލައަކާގުޅޭ ފަރާތަކަށް ޙަވާލުކުރުން.
  8. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ފޯމް / މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  3. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި މަގާމަށް މީހުން ހޮވުމާއިބެހޭ އިތުރު މަޢުލޫމާތު: މި މަޤާމަށް މީހުން ހަމަޖެއްސުމުގައި މަސައްކަތުގެ ދާއިރާއިން ޙާސިލްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބެލެވޭނެއެވެ.

 

ސުންގަޑި

 

  • 2018 ސެޕްޓެންބަރު 04 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއަށް             ( އިސްލާމީ މަރުކަޒު )

ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020200.3020287 އަށެވެ.
  • އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

 

 

 

15  ޛުލަޙިއްޖާ 1439

26 އޮގަސްޓް 2018
ހޯދާ