މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ކައުންސެލަރ (ފުލްޓައިމް)، ފިޔަވަތި/ހުޅުމާލެ

މި މިނިސްޓްރީއާއި  މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.

 

މަޤާމް:

 

ކައުންސެލަރ (ފުލްޓައިމް)

ބޭނުންވާ އަދަދު:

 

1

މަޤާމުގެ ގިންތި:

 

ކޮންޓްރެކްޓް (01 އަހަރު)

ސެކްޝަން

 

ފިޔަވަތި، ހުޅުމާލެ

މަޤާމު އޮތް އޮފީސް:

 

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 

ފިޔަވަތި، ހުޅުމާލެ (ދުވާލަކު 8 ގަޑިއިރު)

 

މަސައްކަތުގެ އެލަވަންސާއި އެހެނިހެން އެލަވަންސްތައް (މާސްޓަރސް ޑިގްރީ):

 

- މަސައްކަތުގެ އެލަވަންސް މަހަކު: 11065.00 ރުފިޔާ

- ސަރވިސް އެލަވަންސް މަހަކު: 4435.00 ރުފިޔާ

- ރިސްކް އެލަވަންސް މަހަކު:މަސައްކަތަށް ނިކުންނަ ކޮންމެ  ދުވަހަކަށް -/100

މަސައްކަތުގެ އެލަވަންސާއި އެހެނިހެން އެލަވަންސްތައް (ބެޗަލާސް ޑިގްރީ):

 

 

- މަސައްކަތުގެ އެލަވަންސް މަހަކު: 8835.00 ރުފިޔާ

- ސަރވިސް އެލަވަންސް މަހަކު: 3665.00 ރުފިޔާ

- ރިސްކް އެލަވަންސް މަހަކު:މަސައްކަތަށް ނިކުންނަ ކޮންމެ  ދުވަހަކަށް -/100

މަސައްކަތުގެ އެލަވަންސާއި އެހެނިހެން އެލަވަންސްތައް (ޑިޕްލޮމާ):

 

 

- މަސައްކަތުގެ އެލަވަންސް މަހަކު: 5610.00 ރުފިޔާ

- ސަރވިސް އެލަވަންސް މަހަކު: 3890.00 ރުފިޔާ

- ރިސްކް އެލަވަންސް މަހަކު:މަސައްކަތަށް ނިކުންނަ ކޮންމެ  ދުވަހަކަށް -/100

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

- 1. ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެކުދިންނާ ބައްދަލުކޮށް ކައުންސެލިންގ ދިނުން.

- 2. ކައުންސެލިންގ ދިނުމަށްފަހު ސެކްޝަންގެ ކޭސް ނޯޓްސް ދުވަހުން ދުވަހަށް ނިންމާ ފައިލްކުރުން.

- 3. ކުދިންނަށް ބޭނުންވާ ސަޕޯޓް ގްރޫޕްތައް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ސަޕޯޓް ގުރޫޕް ކުރިއަށް ގެންދިއުން.

- 4. ކުދިންގެ ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކޮށްދޭފަދަ ޕްރޮގްރާމްތައް ރާވާ ހިންގުން.

- 5. ޤަވައިދުން މަދުވެގެން މަހަކު އެއްފަހަރު ސުޕަވައިޒަރުގެ ފަރާތުން ސެޝަންތަކާ އަދި ކުދިންނާ ބެހޭގޮތުން ސުޕަވިޝަން ލިބިގަތުން.

- 6. ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި މުވައްޒަފުންނަށް އެކި ތަމްރީން ޕްރޮގްރާމްތައް ރާވާ ހިންގުން.

- 7. ފިޔަވަތީގައި ތިބޭ ސުޕަވައިޒަރުންނާއި ގަވައިދުން ބައްދަލުކޮށް، ކުދިންނަށް އެހީތެރިވުމަށްޓަކައި ކުދިންގެ ކަންކަމާއި ގުޅޭ ގޮތުން މަޝަވަރާކުރުން.

- 8. މިނިސްޓްރީން ބޭނުންވެއްޖެ ހާލަތެއްގައި މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން މިނިސްޓްރީގެ އެހެން ދާއިރާއެއްގައި މަސައްކަތްކުރުން.

- 9. މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް، އޮފީހުން ހަވާލުކުރާ އެންމެހައި މަސައްކަތެއް ކުރުން.

މަޤާމުގެ ޝަރުތުތައް:

 

- ސޯޝަލް ސައިންސް، ހެލްތް އެޑިއުކޭޝަން، ސައިކޮލޮޖީ، ކައުންސެލިން، އާރލީ ޗައިލްޑްހުޑް، ޕްރައިމަރީ ހެލްތް ކެއަރ މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

- ސޯޝަލް ސައިންސް، ހެލްތް އެޑިއުކޭޝަން، ސައިކޮލޮޖީ، ކައުންސެލިން، އާރލީ ޗައިލްޑްހުޑް، ޕްރައިމަރީ ހެލްތް ކެއަރ މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

- ސޯޝަލް ސައިންސް، ހެލްތް އެޑިއުކޭޝަން، ސައިކޮލޮޖީ، ކައުންސެލިން، އާރލީ ޗައިލްޑްހުޑް، ޕްރައިމަރީ ހެލްތް ކެއަރ މިއިން ދާޢިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

 

- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.

- ދިވެހި، އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިއުމުގެ ޤާބިލްކަން ލިބިފައިވުން.

- އަތޮޅުތަކަށާއި ރަށްރަށަށް ދަތުރުކުރެވޭނެ ފަރާތްތައް.

- އަމިއްލަ ރަށް ފިޔަވައި އެހެން ރަށްރަށުގައި މަސައްކަތްކުރެވޭނެ ފަރާތްތައް.

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު އަދި ވަޒީފާއަށް އެދޭ ސިޓީ.

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭ ސާފު ކޮޕީ.

- ލިބިފައިވާ ތަޢުލީމާއި ތަމްރީން ތަކުގެ ސެޓްފިކެޓްގެ ކޮޕީ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

- 2018 ސެޕްޓެމްބަރ 04 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ފިޔަވަތި، ހުޅުމާލެ އަށެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

 

- މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ފިޔަވަތި، ހުޅުމާލޭ ގައެވެ. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

- މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 

- މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027520 ނަންބަރު ފޯނަށް، ނުވަތަ 3027606 ނަންބަރު ފޯނަށެވެ.

26 އޮގަސްޓް 2018
ހޯދާ