ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރި ކުރުމަށް ބިން ކުުއްޔަށް ދޫކުރުން

`

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ                  

ހއ.އިހަވަންދޫ                         

ދިވެހިރާއްޖެ                      

ނަމްބަރު: IUL-248/CAA/248/2018/61

      އިޢުލާން

 

ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުން

               ހއ. އިހަވަންދޫ ބަނދަރު ސަރަޙައްދުން، އިރުމަތީ ކޮޅުންނާއި ހުޅަނގުކޮޅުން ތިރީގައިވާ ގޮތުގެ މަތިން  7 ބިން ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

               ވީމާ، ގެދޮރު ޢިމާރާތް ކުރާ ސާމާނާއި އެހެނިހެން ބާވަތްތަކުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 އޯގަސްޓް 2018 ވާ އާދީއްތަ ދުވަހުގެ 11.30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 28 އޯގަސްޓް 2018 ވާ އަންގާރަ ދުވަހުގެ 11.30 އަށް ޕްރޮޕޯޒަލް ހުށައެޅުއްވުން އެދެމެވެ.

 

#

ތަފްޞީލް

ބިން އޮތް ސަރަޙައްދު

ކޮށީ ނަންބަރ

ތަރުތީބު ނަންބަރު

ބިމުގެ ބޮޑުމިން

ބީލަން ފެށޭ އަގު

1

ގެދޮރު ޢިމާރާތް ކުރާ ސާމާނާއި އެހެނިހެން ބާވަތްތަކުގެ ވިޔަފާރި ކުރުމަށް

އިރުމަތީ ކޮޅު

135

138،139،140،141

1500 އަކަފޫޓް

0.50 ލާރި

ހުޅަނގު ކޮޅު

136

142،143،144

               ގެދޮރު ޢިމާރާތް ކުރާ ސާމާނާއި އެހެނިހެން ބާވަތްތަކުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމަށް އެދި މަޢުލޫމާތު ސާފުކޮށް ޕްރޮޕޯޒަލް ހުށަހެޅޭނީ، ކުންފުނި، ކޯޕަރޭޓިވް ސޮސައިޓީ، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އެފަދަ ފަރާތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށާއި، ޕްރޮޕޯޒަލް ހުށެހެޅުއްވުމަށް ވަޑައިގަންނަވާއިރު، އެ ތަނެއްގެ ރަސްމީ ސިޓީއަކާއި، ލިބިފައިވާ ހުއްދަ ތަކުގެ ކޮޕީއަކާއި، އަދި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. ހަމަ އެހެންމެ އެފަދަ ފަރާތެއްގެ ބަދަލުގައި މީހަކު ފޮނުއްވާނަމަ އެތަނަކުން، ނުވަތަ އެފަރާތަކުން ފޮނުއްވި މީހެއްކަން އެނގޭ ގޮތަށް އެ ތަނެއްގެ ރަސްމީ ސިޓީއަކާއި، ލިބިފައިވާ ހުއްދަތަކުގެ ކޮޕީއާއި، އަދި އެ ތަނެއްގެ ރަޖިސްޓަރީ ކޮޕީއެއް ގެންނަން ވާނެއެވެ.

               ޕްރޮޕޯޒަލް ހުށައަޅުއްވަން ވާނީ ސިޓީއުރައަށް ލައި ބަންދުކޮށް ގެދޮރު ޢިމާރާތް ކުރާ ސާމާނާއި އެހެނިހެން ބާވަތްތަކުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމުގެ ޕްރޮޕޯޒަލްކަން އެނގޭގޮތަށް ސިޓީއުރައިގެ ބޭރުގައި ލިއުއްވައިފައެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެއެވެ.

               މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 އޮގަސްޓް 2018
ހޯދާ