މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.  

 

މަޤާމް:

ޕްރޮޖެކްޓް ޑިރެކްޓަރ

ސެކްޝަން

ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ޑެވެލޮޕްމެންޓް ޕްރޮޖެކްޓްސް ސެކްޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ސްޓްރެޓެޖިކް މެނޭޖްމަންޓް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ބޭންކިންގް ގެ ދާއިރާއިން މާރސްޓަރސް ޑިގްރީ ހާސިލު ކޮށްފައިވުން
  • ފައިނޭންޝަލް ސެކްޓަރއާ ނުވަތަ އައިޓީ ދާއިރާގެ ޕްރޮޖެކްޓްތައް ރާވާ ހިންގުމާއި މޮނިޓަރ ކުރުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ ފަރާތުން ހިންގާ މުހިއްމު ޕްރޮޖެކްޓަތައް ރާވާ ހިންގާ މޮނިޓަރ ކުރުމާއި ޕްރޮޖެކްޓަކާއި ގުޅުން ހުރި ފަރާތްތަކާ ބައްދަލުކޮށް މަސްވަރާކުރުމާއި ޕްރޮޖެކްތައް ހިނގަމުންދާ ގޮތުގެ މައުލޫމާތު މެނޭޖްމަންޓަށް ހުށަހެޅުން

ހުނަރުވެރިކަން: 

  • މަސައްކަތުގެ ދާއިރާއާ ގުޅޭ އެކިއެކި ރިސަރޗްތައް ހެދުމާއި ލިބޭ މައުލޫމާތުތަކުގެ މަށްޗަށް ބިނާކޮށް ރިޕޯޓްލިޔުމާއި ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ޤާބިލްކަން ހުރުން
  • ޓީމެއް ގޮވައިގެން މަސައްކަތް ކުރުމާއެކު މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން
  • އަމިއްލަ އިސްނެގުމާއިއެކު މަސައްކަތްތައް ރާވާ ހިންގުމުގެ ޤާބިލްކަން ހުރުން

މުސާރަޔާއި އިނާޔަތްތައް:

25,000.00 – 30,000.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ

ޑިވިޜަން:

ފައިނޭންޝަލް ކޮންޓްރޯލް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އޭސީސީއޭ ފަދަ ޕްރޮފެޝަނަލް އެކައުންޓިން ބޮޑީއެއްގެ މެމްބަރޝިޕް ލިބިފައިވުން ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން މާރސްޓަރސް ހާސިލު ކޮށްފައިވުން.
  • އެކައުންޓްސް އެންޑް ފައިނޭންސްއާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 07 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުމާއެކު މަދުވެގެން 03 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ (މެނޭޖީރިއަލް އެކްސްޕީރިއެންސް) ލިބިފައިވުން.
  • އައިއެފްއާރުއެސް/އައިއޭއެސް ގެ މައުލޫމާތު ލިބިފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި އެކައުންޓިން ސޮފްޓްވެއަރ ބޭނުން ކުރުމުގެ ހުނަރު ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ އަހަރީ ބަޖެޓު ތައްޔާރުކުރުމާއި ބަޖެޓާ ގުޅުންހުރި މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލުމާއި ބަޖެޓާ ގުޅޭގޮތުން މެނޭޖްމަންޓަށް ބޭނުންވާ ރިޕޯޓްތައް ހުށަހެޅުން.
  • އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިން ސްޓޭންޑަޑްސް (އައިއެފްއާރުއެސް) އާ އެއްގޮތަށް އެމްއެމްއޭގެ މާލީ ބަޔާންތައް ތައްޔާރު ކުރުން.
  • އެމްއެމްއޭގެ ބަޖެޓް ޚަރަދުތައް ބެލެހެއްޓުމުގައި ބޭނުންވާ އުޞޫލްތަކާއި ކޮންޓްރޯލްތައް ކަނޑައަޅައި ދެމެހެއްޓުން.
  • ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަންގެ މަސައްކަތްތައް ރާވާ ހިންގުމުގެ ކަންކަން ބެލެހެއްޓުން.

ހުނަރުވެރިކަން: 

  • އަމިއްލަ އިސްނެގުމާއިއެކު މަސައްކަތްތައް ރާވާ ހިންގުމުގެ ޤާބިލްކަން ހުރުން

މުސާރަޔާއި އިނާޔަތްތައް:

25,000.00 – 30,000.00 ރުފިޔާ

މަޤާމް:

މަނިޓަރީ އެސިސްޓެންޓް

ސެކްޝަން:

މަނިޓަރީ ޕޮލިސީ ސެކްޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު:

  • އިކޮނޮމިކްސް ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުން.
  • އިކޮނޮމެޓްރިކްސްގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ޖީސީއީ އޯލެވެލްގެ އިނގިރޭސި އަދި ދިވެހި މި ދެ މާއްދާ އިން ދަށްވެގެން "ބީ" ފާސް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

  • އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އެކުލަވާލުމުގައި އެހީތެރިވެދިނުން.
  • ފައިނޭންޝަލް އަދި މަނިޓަރީ ސެކްޓަރ އާއި ގުޅުން ހުރި ދިރާސާކޮށް ރިސާރޗް ޕޭޕަރުތައް ތައްޔާރުކޮށް، އަދި މަނިޓަރީ ޕޮލިސީ ކޮމިޓީގެ އިދާރީ މަސައްކަތްތަކުގައި އެހީވެދިނުން.
  • އިޤްތިސާދީ، ބޭންކިންގ އަދި ފައިނޭންޝަލް ދާއިރާއާއި ގުޅޭ ތަފާސް ހިސާބުތަކަށް އަހުލުވެރިވެފައިވާ، މިފަދަ ހިސާބުތައް ދިރާސާކުރުމުގެ ހުނަރު ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އީ-ވިއުޒް ފަދަ އިކޮނޮމެޓްރިކްސް އަދި ފޯރކާސްޓިންގ ސޮފްޓްވެއަރ އަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުނަރުވެރިކަން:

  • އިޤްތިސާދީ، ބޭންކިންގ އަދި ފައިނޭންޝަލް ދާއިރާއާއި ގުޅޭ ތަފާސް ހިސާބުތަކަށް އަހުލުވެރިވެފައިވާ، މިފަދަ ހިސާބުތައް ދިރާސާކުރުމުގެ ހުނަރު ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އީ-ވިއުޒް ފަދަ އިކޮނޮމެޓްރިކްސް އަދި ފޯރކާސްޓިންގ ސޮފްޓްވެއަރ އަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މުސާރަޔާއި އިނާޔަތްތައް:

16,000.00 – 19,600.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ޑިގްރީ އަދި މާރސްޓަރސް ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

02 ސެޕްޓެންބަރު 2018 ވާ އާދީއްތަ ދުވަހުގެ 15:00 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާ އަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

15 އޮގަސްޓް 2018
ހޯދާ