މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

މަޤާމް:

އެކައުންޓްސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-281268

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ށ އަތޮޅު ކައުންސިލްގެ އިދާރާ / ށ ފުނަދޫ

މުސާރަ:

މަހަކު 5610.00 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2000.00 ރުފިޔާ

 އެހެނިހެން އެލަވަންސް

ސަޕޯރޓިންގ ކޯ އެލަވަންސް 2 : މަހަކު -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-ޔުނިޓަށް ލިބޭ މައްސަލަތައް ބަލައިގަނެ ރަޖިސްޓްރީކުރުމާއި  ރޫޓިން މަރުޙަލާ ފުރިހަމަ ކުރުން.

2-ކައުންސިލްގެ މަސައްކަތު ތާވަލްގައި ހިމެނިގެން ޔުނިޓާއި ޙަވާލުކުރެވޭ ޕްރޮގްރާމް ތަކުގެ އިދާރީ މަސައްކަތް ކުރުން

3-ޓްރަސްޓް ފަންޑް ޕްރޮގްރާމްގެ މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކޮށް މަސް ނިމުމުގެ ކުރިން އެމުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކުރުން

4-ޓްރަސްޓް ފަންޑް ޕްރޮގްރާމްގެ މުވައްޒަފުންގެ ޕެންޝަން ސްކީމްގެ ދަށުން ލިޔަންޖެހޭ ލިއުންތައް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތަށް ފައިސާ ދައްކާ ޕެންޝަން ސްކީމް ބެލެހެއްޓުން

5-ޓްރަސްޓް ފަންޑްގެ ޕްރޮގްރާމްތަކަށް ހޯދާ މުދަލާއި ޚިދުމަތްތަކުގެ ބިލުތަކަށް ވައުޗަރ ތައްޔާރުކޮށް ފައިސާ ދޫކުރުން

6-އަތޮޅުކައުންސިލުގެ މާލިއްޔަތުން ހިންގޭ ޕްރޮގްރާމްތަކަށް ވައުޗަރ ތައްޔާރުކޮށް ފައިސާ ދޫކުރުން

7-އެކިއެކި ފަރާތްތަކަށް ރައްދުކުރުމަށް ލިބޭ ފައިސާ ވައުޗަރ ތައްޔާރުކޮށް އެފަރާތްތަކަށް ޙަވާލުކުރުން

8-ބެންކު މެދުވެރިކޮށް ފައިސާދައްކާ ފަރާތްތަކަށް ފައިސާޖަމާކުރިކަން ލިޔުމުން އަންގާ ފައިސާ ލިބުނުކަން ކަށަވަރުކުރުން

9-ޓްރަސްޓް ފަންޑް ޗެކްރަޖިސްޓްރީ އާއި ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުން

10-އަތޮޅުކައުންސިލް އިދާރާގެ ޚަރަދު އެކައުންޓް 2ގެ އެކައުންޓްބާކީ ލިޔެ ބެލެހެއްޓުން

11-އަތޮޅުކައުންސިލް އިދާރާގެ ރެވެނިއު އެކައުންޓް 1ގެ ޗެކްރަޖިސްޓްރީ އާއި ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުން

12-އަތޮޅުކައުންސިލް އިދާރާގެ ޚަރަދު އެކައުންޓް 2ގެ ޗެކް ރަޖިސްޓްރީ އާއި ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުން

13-މަހަކު އެއްފަހަރު އަތޮޅު ކައުންސިލްގެ މާލިއްޔަތުން ހިންގޭ ޕްރޮގްރާމްތަކުގެ ޚަރަދު ރިޕޯޓް ތައްޔާރުކުރުން

14-މަހަކު އެއްފަހަރު ޓްރަސްޓް ފަންޑްގެ ޕްރޮގްރާމްތަކުގެ އާމްދަނީ އަދި ޚަރަދު ރިޕޯޓް ތައްޔާރުކުރުން

15-މަހަކު އެއްފަހަރު ޓްރަސްޓް ފަންޑް އަދި ޚަރަދު 2ގެ ބޭންކް ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް ތައްޔާރުކުރުން

16-ފައިސާ ޙަވާލުކުރެވޭ ވައުޗަރތަކާއި ތައްޔާރުކޮށް ފޮނުވޭ ރިޕޯޓްތައް ޤަވާޢިދުން ފައިލްކުރުން

17-ކައުންސިލުގެ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުމާއި އެހީތެރިވުން

18-މާލީ ބަޔާންތައްޔާރުކުރުމަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުމާއި އެހީތެރިވުން

 މަޤާމުގެ ޝަރުޠުތައް:

އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  • މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 އޮގަސްޓް 2018 ގެ 14:00 ގެ ކުރިން، ށ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ،31 އޮގަސްޓް 2018 އާއި 13 ސެޕްޓެމްބަރ 2018 އާ ދެމެދު، ށ އަތޮޅު ކައުންސިލްގެ އިދާރާގައެވެ. 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540025ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] (އީ-މެއިލް އެޑްރެސް)އަށެވެ. 

04 ޛުލްޙިއްޖާ 1439

15 އޮގަސްޓް 2018

15 އޮގަސްޓް 2018
ހޯދާ