މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، އިނާމުތަކަށް ނަން ހުށަހެޅުން

   މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، "ނޫސްވެރިކަމުގެ އިނާމު" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު  2018 އޯގަސްޓް 14 ވަނަ ދުވަހުން ފެށިގެން ހުޅުވައިލައިފީމެވެ. އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:  

(ހ) އިޖުތިމާއީ ދާއިރާ

(ށ) ސިޔާސީ ދާއިރާ

(ނ) ޝަރުއީ އަދި ޤާނޫނީ ދާއިރާ

(ރ) ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ

(ބ) ކުޅިވަރުގެ ދާއިރާ

(ޅ) ފޮޓޯ ޖާނަލިޒަމްގެ ދާއިރާ

(ކ) ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ

(އ) ފީޗަރ ލިޔުމުގެ ދާއިރާ

މީގެ އިތުރުން، އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު ހިމެނެއެވެ.

   މި އިނާމުތަކަށް ކުރިމަތިލާނީ ނުވަތަ ނަން ހުށަހަޅާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމުންނެވެ. މި ދެ ފޯމާއި، މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، " މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު " މި އިއުލާނާއެކު އާންމުކޮށްފައިވާނެއެވެ.

   ވީމާ, މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުންނާއި ނަން ހުށަހަޅާ ފަރާތްތަކުން 2018 ސެޕްޓެންބަރު 10 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުން އެދެމެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު، މިކައުންސިލުގެ 3003995 ނަންބަރު ފޯނުން ލިބޭނެއެވެ.

 

03 ޛުލްޙިއްޖާ 1439

14 އޮގަސްޓް 2018
ހޯދާ