ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް މެޑިކަލް ރެކޯޑް އޮފިސަރ / ހއ.އަތޮޅު ހޮސްޕިޓަލް

މި ހޮސްޕިޓަލަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމު

އެސިސްޓެންޓް މެޑިކަލް ރެކޯޑް އޮފިސަރ

މަޤާމުގެ ނަންބަރު

J-252603

ބޭނުންވާ އަދަދު

01

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް2

ވަޒީފާ އަދާކުރަންޖެހޭ ތަން

ހއ. އަތޮޅު ހޮސްޕިޓަލް

މުސާރަ

5020.00 ރުފިޔާ

ސަރވިސް އެލަވަންސް

1500.00 ރުފިޔާ

އެހެނިހެން އެލަވަންސް

ސަޕޯޓިންގ ކޯ އެލަވަންސް މަހަކު -/700ރުފިޔާ ، ދިވެހި ރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިއުބިޝަން ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މެޑިކަލް ރެކޯރޑް ކޭސް ތަކުގެ ފައިލްތައް ރައްކާތެރިކަމާއި އެކު ފައިލްކޮށް ބެލެހެއްޓުމާއި އަދި އެފަދަ ކޭސްތަކުގެ މަޢުލޫމާތުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން އަދި އެފަދަ ކޭސްތަކުގެ މަޢުލޫމާތުތަކަކީ ސިއްރު މަޢުލޫމާތު ކަމަށް ވުމާއިއެކު އެފަދަ މަޢުލޫމާތު ހިމެނޭ ފައިލްތައް ރައްކާތެރިކަމާއި އެކު ބެލެހެއްޓުން.
  2. މެޑިކޯ ލީގަލް ކޭސްތަކަށް ހާޟިރުވުމާއި ، ޑޮކިއުމެންޓްތައް ބެލެހެއްޓުމާއި އަދި ކަމާއިގުޅޭ މުއައްސަސާތަކަށް ފޮނުވުން.
  3. ޤަވާއިދުން އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ޑައިގްނޯސިސްތައް ކޯޑް ކުރެވޭތޯ ޗެކްކުރުން.
  4. ބަލިތަކުގެ ކޯޑިންގ ކޮލެޓީ ހިފެހެއްޓުމަށް ކުރަންޖެހޭ މޮނިޓަރިންނާއި އިވެއުލޭޝަންތައް ޤަވާއިދުން ހެދުން.

  5. ހޮސްޕިޓަލުތަކާއި ، ޞިއްޙީ މަރުކަޒުތަކުގެ ތަފާސް ހިސާބުތައް ޤަވާއިދުން އެއްކޮށް ބެލެހެއްޓުން 

  6. ގައިޑްލައިންސްތަކާއި ، ޕްރޮޓަކޯލްތައް ހަވާލުކުރަންޖެހޭ ފަރާތްތަކާއި ޤަވާއިދުން ހަވާލުކުރުން 

  7. އައުޓްރިޗް ޕްލޭނާއި  ރިޕޯރޓް ޤަވާއިދުން ތައްޔާރުކޮށް ފޮނުވުން. 

  8.ހޮސްޕިޓަލާއި ޞިއްޙީމަރުކަޒުތަކުގެ ތަފާސް ހިސާބުތައް ޤަވާއިދުން އެއްކޮށް ބެލެހެއްޓުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން ( މަހަކު އެއްފަހަރު / ހަތަރު މަހުން އެއްމަހު / ހަމަހުން ފޮނުވަންޖެހޭ ރިޕޯރޓްތައް )

  9. އަޕްލޯޑް ކުރަންޖެހޭ މެޑިކަލް ރިޕޯރޓްސް އަދި މެޑިކަލް ރެކޯރޑްސް އަޕްލޯޑް ކުރުން. 

  10. ހޮސްޕިޓަލުގައި ހިންގޭ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުތުތައް

1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ދެ މާއްދާ އިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު އޭގެއިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާ އިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި އެޑްމިނިސްޓްރޭޝަން ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއި އެކު ، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި  ' ދިވެހި' މި މާއްދާ އިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

3.ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ބިޒްނަސް މެނޭޖްމަންޓް ، ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ހއ.އަތޮޅު ހޮސްޕިޓަލް އޮފީހުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސް ކްރިޕްޓްގެ ކޮޕީ.، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،  އެ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް  އަންގައިދޭ ރެފަރެންސް ޗެކް ފޯރމް.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ތަޖުރިބާ އަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

4. ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 އޯގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ 13.30ގެ ކުރިން ހއ.އަތޮޅު ހޮސްޕިޓަލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 ސެޕްޓެމްބަރ މަހުގެ ތެރޭގައި ހއ.އަތޮޅު ހޮސްޕިޓަލް އޮފީހުގެ ކޮންފަރެންސް ހޯލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500053 ނަންބަރު ފޯނާއެވެ.

13 އޮގަސްޓް 2018
ހޯދާ