މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
މޯލްޑިވްސް ޗެސް ފެޑަރޭޝަން ރިފޯމް ކުރުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް ނިންމުން

އިޢުލާން

 

       

         މޯލްޑިވްސް ޗެސް ފެޑަރޭޝަން ހިންގުމުގައި ހުރި ގޮންޖެހުންތަކާއި އަދި އެފެޑަރޭޝަނާއި ދެކޮޅަށް ގިނަ ޝަކުވާތަކެއް ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ލިބުމާއި ގުޅިގެން މޯލްޑިވްސް ޗެސް ފެޑަރޭޝަންގެ މެނޭޖްމަންޓް އޮޑިޓެއް ހަދަން ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ލަފާގެ މަތިން ކޮމިޝަނަރ އޮފް ސްޕޯޓްސް ނިންމެވިއެވެ.

އަދި މެނޭޖްމަންޓް އޮޑިޓް ހެދުމަށްފަހު މޯލްޑިވްސް ޗެސް ފެޑަރޭޝަން ރިފޯމް ކުރުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް ނިންމެވިއެވެ. ރިފޯމު ކުރުމުގެ އެންމެ ފުރަތަމަ މަރުހަލާގައި "މޯލްޑިވްސް ޗެސް ފެޑަރޭޝަން"ގެ ހިންގާ ޤަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރެވުނެވެ.

 

ކުޅިވަރު ޖަމުއިއްޔާތަކަށް ނެޝަނަލް ސްޓޭޓަސް ދިނުމުގެ އުސޫލުގައި ކުޅިވަރާބެހޭ ޤައުމީ މަޖިލީހުން ނެޝަނަލް ސްޓޭޓަސް ދިނުމަށްފަހުގައި ނޫނީ ޖަމުއިއްޔާގެ ނަމަށް "މޯލްޑިވްސް" އަދި "ފެޑެރޭޝަން" ބޭނުން ނުކުރެވޭނެ ކަމަށް ކުޅިވަރާ ބެހޭ ޤައުމީ މަޖިލީހުގެ 2018 ވަނަ އަހަރުގެ 1 ވަނަ ޖަލްސާގައި ވަނީ ނިންމަވާފައެވެ. އެގޮތުން

05 ޖުލައި 2018 ވަނަ ދުވަހު މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ހިންގާ ޤަވާއިދު އަދި "މޯލްޑިވްސް ޗެސް ފެޑަރޭޝަން" ގެ ނަން "މޯލްޑިވްސް ޗެސް އެސޯސިއޭޝަން" ގެ ނަމަށް ބަދަލުކޮށް ކޮމިޝަނަރ އޮފް ސްޕޯޓްސް ވަނީ ރަޖިސްޓަރީކޮށް ދެއްވާފައެވެ. އަދި މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ހިންގާ ގަވާއިދާ އެއްގޮތައް  އެ

އެސޯސިއޭޝަނުގެ މެންބަރުކަމަށް ކުރިމަތި ލުމަށް ހުޅުވާލެވުނެވެ. އަދި މޯލްޑިވްސް ޗެސް އެސޯސިއޭޝަނަށް އާ ހިންގާ ކޮމިޓީއެއް އިންތިޚާބު ކުރުމަށް ނިންމާފައިވާކަން ދަންނަވަމެވެ.

 

            އާ ހިންގާ ކޮމިޓީއެއް އިންތިޚާބު ކުރެވެންދެން މިހާރު އޮތް ހިންގާ ކޮމެޓީ ދެމިއޮންނާނެ ވާހަކަ ދަންނަވަމެވެ. އަދި އެސޯސިއޭޝަންގައި ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް އެއްވެސް ދަތިކަމަކާއި ނުލާ ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

                                                                                                                      01 ޛުލްޙިއްޖާ 1439

12 އޮގަސްޓް 2018
ހޯދާ