ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ރިފްރެޝްމަންޓް ތައްޔާރުކުރުން

ރިފްރެޝްމަންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

 

މި ސްކޫލްގެ 2018 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ރިފްރެޝްމަންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމަތު ސާފުކުރެއްވުމަށްފަހު މި ސްކޫލަށް ބިޑް ހުށައެޅުއްވުން އެދެމެވެ. ބިޑް ބަލައިގަތުން އޮންނާނީ މި ސްކޫލްގެ މީޓިންގ ރޫމްގައެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350744 ނަންބަރު ފޯނާއެވެ.

#

 ތަފުސީލު

ތާރީޚު

ގަޑި

1

 މަޢުލޫމާތު ސާފުކުރުން

26 އޮގަސްޓް 2018 (އާދީއްތަ)

ހެނދުނު 11:00

2

 އަންދާސީ ހިސާބު ހުށަހެޅުން

29 އޮގަސްޓް 2018 (ބުދަ)

ހެނދުނު 11:00

12 އޮގަސްޓް 2018
ހޯދާ