ފޭދޫ ސްކޫލް/ސ.ފޭދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

މަޤާމް

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު

 J-126746

ބޭނުންވާ ޢަދަދު

 1 (އެކެއް)

މަޤާމުގެ ގިންތި

 ވަގުތީ

މަޤާމުގެ ރޭންކް

 ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

 އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ އޮފީސް

 ފޭދޫސްކޫލް / ސ.ފޭދޫ

ސެކްޝަން

 އެޑްމިން ސެކްޝަން

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސަޕޯޓިންގ ކޯ އެލަވަންސް 2؛ މަހަކު -/700 ރުފިޔާ
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ސްކޫލުގެ އަންނަ ފޯނު ކޯލުތަކަށް ޖަވާބު ދިނުމާއި ރަގަލު މައުލޫމާތު ފޯރުކޮށްދެވޭނެ ފަރާތަކަށް ފޯނުކޯލުތައް ޕާސްކުރުން.
  2. ޑިއުޓީގަޑީގައި އޮފީހަށް އަންނަ މެހެމާނުން/ބެލެނިވެރިން ބަލައިގަނެ ބައްދަލުކުރަން އަންނަ ފަރާތަކާއި ބައްދަލުކުވުމުގެ އިންތިޒާމު ހަމަޖެއްސުން
  3. ޑިއުޓީގައޑީގައި ސްކޫލަށްލިބޭ ސިޓީ، މެސެޖު، ބިލް، އިމްތިހާނުތަކާއިނެހޭ ލިޔެކިޔުންތައް، ނޫސް، މަޖައްލާ، ލީފްލެޓް އަދި އެހެނިހެންތަކެތި އެންޓްރީކުރުމަށްފަހު ލަސްނުކޮށް ސްކޫލްގެ އެންމެ އިސްވެރިޔާގެ އިން-ޓްރޭއަށްލުން.
  4. ސްކޫލުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖު އަދި ރިޕޯޓުތައް މެއިލްކޮށް މެއިލް ލިބެންވާ ފަރާތައް ލިބުނުތޯ ޗެކުކުރުން. އަދި މީގެތެރެއިން ޕޯސްޓުކުރަންޖެހޭ ތަކެތި ޕޯސްޓުކުރުމާއި ލިބެންޖެހޭ ފަރާތަކަށް ނުވަތަ އޮފީހަކަށް ލިބުނުތޯ ޗެކުކުރުން.
  5. ރިސެޕްޝަނަށް އެކިއެކި ފަރާތްތަކުން ހަވާލުކުރާ ތަކެތި ބަލައިގަތުމާއިއެކު، ދަރިވަރުންނާއި ގުޅުންހުރި ތަކެތި ކިލާސްތަކަށް ފޮނުވުމުގެ މަސައްކަތް ލަސްނުކޮށް ކުރުން.
  6. އެކިއެކި ކަންކަމުގައި ދަރިވަރުން ނަށް ދެވޭ ސްލިޕްތައް ލީޑިންގ ޓީޗަރުންގެ ލަފާގެ މަތިން ތައްޔާރުކޮށް ދަރިވަރުންނަށް ބެހުން އަދި އިތުރުގަޑީގެ ޓޭބަލް އަދި ޑެއިލީ ޝެޑިއުލް ކޮންމެ ދުވަހަކު ތައްޔާރުކުރުން.
  7. މުވައްޒަފުންގެ ޙާޒިރީރިޕޯޓް ތައްޔާރުކުރުން
  8. އިންވެންޓްރީ ބެލެހެއްޓުން
  9. ސްކޫލްގެ މެންދުރުސެޝަންއިންޗާޖްގެ ސެކްރެޓޭރިއަލް ކަންތައްކުރުން
  10. ދުވަހުން ދުވަހަށް ހެނދުނު ސެޝަނުގެ ދަރިވަރުންނާއި މުވައްޒަފުންގެ ހާޟިރީ މީމިސް އިން ބެލެހެއްޓުން.
  11. ދުވަހުން ދުވަހަށް ހެނދުނު ސެޝަންގެ ސްޓާފް މީޓިންތަކުގެ ޔައުމީއްޔާލިޔެ ސެޝަން އިންޗަރޖްގެ ސޮއިކުރެއްވުމަށްފަހު ސްކޫލްގެ އެންމެ އިސްވެރިޔާގެ އިން-ޓްރޭއަށްލުން.
  12. ސްކޫލްގައި ބޭއްވޭ މުހިއްމު މުނާސަބަތުތަކާއި ޖަލްސާތަކަށް ދަރިވަރުން، ޓީޗަރުން، ބެލެނިވެރިން އަދި އެހެނިހެން ފަރާތްތަކަށް ދަޢުވަތު ތައްޔާރުކޮށް ފޮނުވުން.
  13. ސްކޫލްގައި ބޭއްވޭ މުހިއްމު މުނާސަބަތުތަކާއި ޖަލްސާތަކަށް ބޭނުންވާ ސެޓްފިކެޓް ތައްޔާރުކޮށް ޕްރިންޓުކުރުން.
  14. އިދާރީކަންތައްތަކާއިބެހޭ ވެރިންއަންގަވާ އެކިއެކި އިދާރީމަސައްކަތްކުރުން
  15. އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. 

މަޤާމުގެ ޝަރުތުތައް

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި ރ. މަޑުއްވަރީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2.    ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4.   ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  5.  ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

(ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމް

35

35

40

މަސައްކަތުގެ ދާއިރާ އާއި ގުޅޭ ކުރު މުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާ އާ ގުޅޭ ތަޖުރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަވިއު / ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

210

100

100

މަޤާމަށް ޢައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 އޯގަސްޓް 2018 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، ފޭދޫސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] އަދި ފެކްސް ނަންބަރު 6892508 މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 30 އޯގަސްޓް 2018 ވާ ބުދަދުވަހު، ފޭދޫސްކޫލްގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6892546 ނަންބަރު ފޯނާއެވެ. ފެކްސްކުރާނެ ނަންބަރަކީ 6892508 އެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

01 ޛުލްހިއްޖާ1439

12  އޯގަސްޓް  2018

12 އޮގަސްޓް 2018
ހޯދާ