މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ކުޑަކުދިންގެ ހިޔާއަށް އެނދު، ގޮދަޑި އަދި ބާލިސް ގަންނަން ބޭނުންވެއްޖެ

މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ކުޑަކުދިންގެ ހިޔާ އަށް އެނދު، ގޮނދަޑި އަދި ބާލީސް ގަންނަން ފަރާތެއް ހޯދުމަށްކުރި ނަންބަރު  (IUL)459-PL/459/2018/18 އިޢުލާނަށް އެކަށީގެންވާ ވަރަށް ތަރުޙީބު ލިބިފައިނުވާތީ،އަލުން އިޢުލާން ކުރަމެވެ.

މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ކުޑަކުދިންގެ ހިޔާ އަށް އެނދު، ގޮނދަޑި އަދި ބާލީސް ގަންނަން ބޭނުންވެއެވެ. ވީމާ، މިތަކެތި މިމިނިސްޓްރީއަށް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މި އިޢުލާނުގައިވާ ސްޕެސިފިކޭޝަން އަދި މަޢުލޫމާތާ އެއްގޮތަށް 2018 އޮގަސްޓް 27  ވާ ހޯމަ ދުވަހުގެ 10:30 އަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ.

އަންދާސީ ހިސާބު ހުށައެޅުއްވުމަށް ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

#

ބޭނުންވާ އަދަދު

ތަފްޞީލް

1

26

ބަންކް ބެޑް (2ބުރިލީ/ ލަކުނޑި)

2

48

ސްޕޮންޖް މެޓްރެސް (75x36x4inch)

3

96

ބާލިސް (48x74cm)

 

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް

  • ·         އަގު: 70 ޕޮއިންޓް (އެންމެ ކުޑައަގެއް ހުށައަޅާ ފަރާތްތަކަށް އެންމެ މަތީ ޕޮއިންޓް، އެއަށްފަހު ދެވޭނީ ރޭޝިއޯއިންނެވެ.)
  • ތަޖްރިބާ: 30 ޕޮއިންޓް (ތަޖްރިބާ ކަމުގައި ބެލެވޭނީ ކޮށްފައިވާ މަސައްކަތާއި ގުޅިގެން ހުށައަޅާ ލިޔުންތަކުގެ މައްޗަށެވެ. އެގޮތުން 8 ލިޔުން ނުވަތަ އެއަށްވުރެ ގިނަލިޔުންތައް ހުށައަޅާ ފަރާތްތަކަށް އެންމެ މަތީ ޕޮއިންޓް، 5 ލިޔުން ނުވަތަ އެއަށްވުރެ ގިނަ ލިޔުންތައް ހުށައަޅާ ފަރާތްތަކަށް 20 ޕޮއިންޓް، އަދި 4 ލިޔުމަށްވުރެ މަދު ލިޔުންތައް ހުށައަޅާ ފަރާތްތަކަށް 10 ޕޮއިންޓެވެ.

މަސައްކަތް ޙަވާލުކުރެވޭނީ ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

 

 

 

އަންދާސީ ހިސާބު ހުށައަޅުއްވުމުގައި ސަމާލުކަންދޭންވީ ކަންތައްތައް

 ހުށައެޅަންޖެހޭ ތަކެތި:

1.1           ހުށަހަޅާފަރާތާއި ބެހޭ ޕްރޮފައިލް (ޕްރޮފައިލްގައި ތަޢާރަފް، މަޤްޞަދް، އޮނިގަނޑު، މާލީ ޤާބިލުކަން، ކުރަމުންދާ އަދި ކޮށްފައިވާ މަސައްކަތްތައް އެނގެންވާނެއެވެ).

1.2           މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން ކޮޕީ އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ

1.3            އަމިއްލަ ފަރާތތަކުން އަންދާސީ ހިސާބު ހުށައަޅުއްވާނަމަ، ހުށައަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޖީއެސްޓީ ރެޖިސްޓްރޭޝަނުގެ ކޮޕީ ހުށައަޅައިފިނަމަ އަންދާސީ ހިސާބު ޤަބޫލުކުރެވޭނެއެވެ. އަދި މި މާއްދާގެ 1.1 ގައިވާ ލިޔެކިޔުންތައް ހުށައަޅަންވާނެއެވެ.

1.4           އެންމެ ފަހުގެ ޓެކްސް ކްލިއަރަންސް ފޯމް ހުށަހަޅަންވާނެއެވެ. ( ޖުލައި 2018 )

 

1           އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތުގެ ނަމާއި ކޮންކަމަށް ހުށައެޅޭ އަންދާސީ ހިސާބެއްކަން އެނގެން އޮންނަންވާނެއެވެ.

2           އަންދާސީ ހިސާބު ހުށައެޅުމަށް ކަނޑައެޅިފައިވާ ގަޑި ފާއިތުވުމަށްފަހު ހުށައެޅޭ އެއްވެސް އަންދާސީ ހިސާބެއް ބަލައެއް ނުގަނެވޭނެއެވެ. އަދި އަންދާސީ ހިސާބުތައް ބަންދުކޮށްފައިވާ ސިޓީ އުރަ ކެނޑުމަށް ހަމަޖެހިފައިވަނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އަންދާސީ ހިސާބު ހުށައެޅުމަށް ވަޑަގަންނަވާ ހުރިހާ ފަރާތެއްގެ ހާޒިރުގައެވެ. އަންދާސީ ހިސާބު ހުށައެޅުމަށްފަހު އަގަށް ބަދަލެއް ނުގެނެވޭނެއެވެ.

3           އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތައް ގަޑިއަށް ހާޒިރުވާންވާނެއެވެ. އަދި މިގޮތުން ހުށައަޅާ އަންދާސީ ހިސާބުތަކާއި ގުޅޭގޮތުން މި މިނިސްޓްރީން މަޢުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެފަދަ މަޢުލޫމާތު ދެވޭވަރުގެ ބޭފުޅަކު ހާޒިރުވާންވާނެއެވެ.

4           ޚިދުމަތެއް ނުވަތަ މަސައްކަތެއް ކުރުމަށް އެވޯޑު ކުރުމަށްފަހު، ސޮއި ނުކޮށް ދޫކޮށްލައިފިނަމަ ނުވަތަ އެއްވެސް ހިސާބަކުން ޚިދުމަތް ފޯރުކޮށްނުދެވޭނެކަމަށް ބުނެ ދޫކޮށްލައިފިނަމަ، 1 (އެކެއް) އަހަރަށް ވުރެށް ކުރުނޫން މުއްދަތަކަށް އެފަރާތުން ހުށައަޅާ މިފަދަ އެއްވެސް ޚިދުމަތެއް ނުހޯދުމުގެ އިޚުތިޔާރު މިނިސްޓްރީ -އޮފް ޖެންޑަރ އެންޑް ފެމިލީ އަށް ލިބިގެންވެއެވެ. މިގޮތަށް އަންދާސި ހިސާބު ބާޠިލްކުރެވޭނަމަ އެކަން ލިޔުމުން އެންގޭނެއެވެ.

5           އީމެއިލް އަދި ފެކްސް އިން ފޮނުވާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.

6           އަންދާސީ ހިސާބު ހުށައަޅާފަރާތާއި ޢާއިލީގޮތުން އެއްވެސް ގުޅުމެއް ހުރި ފަރާތެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައި މަސައްކަތް ކުރައްވާނަމަ، އެކަން އެނގޭފަދަ ލިޔުމެއް ހުށައަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ހުށައަޅަންޖެހޭ ފަރާތަކުން ލިޔުން ހުށަނާޅައިގެން އެކަން މިނިސްޓްރީއަށް ފާހަގަކުރެވިއްޖެ ހިނދެއްގައި އެ ފަރާތަކުން ހުށައަޅާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެއެވެ. މި މާއްދާގައި ޢާއިލީ ގުޅުން މާނަ ކޮށްފައި އެވަނީ އަނބިމީހާ، ފިރިމީހާ، މަންމަ، ބައްޕަ، ދަރިން، އެއްބަނޑު/އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނަށެވެ.

 

7           މި ޢިޢުލާނުގެ ދަށުން ހުށައެޅޭ އަންދާސީ ހިސާބުތައް އިވެލުއޭޓު ކުރުމުގައި ޕޮއިންޓު ދޭނެ މިންގަނޑުތަކާއި މަޢުލޫމާތު މި މަޢުލޫމާތު ކަރުދާހާއި އެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

8           އަންދާސީ ހިސާބުގައި ކޮންފަރާތެއްކަން އެނގޭނެހެން ސޮއިކުރަންވާނެއެވެ. އަދި މަޢުލޫމާތެއް ސާފުކުރަންވެއްޖެ ހިނދެއްގައި ގުޅޭނެ ނަންބަރެއް އޮންނަންވާނެއެވެ.

9           އަންދާސީ ހިސާބު ހުށައެޅުއްވޭނީ މޯލްޑިވްސް އިންލަންޑް ރެވިނިއު އޮތޯރިޓީގައި ޖީއެސްޓީއަށް ރެޖިސްޓަރ ކުރައްވާފައިވާ ފަރާތްތަކަށެވެ.

10       1,500,000ރ އަށް ވުރެށް ބޮޑު އަންދާސީ ހިސާބުތައް ބަލައިނުގަތުމުގެ އިޚުތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

11       އަންދާސީ ހިސާބެއް ހުށައެޅުމުގައި ކޮމްޕެނީ ނުވަތަ ވެންޑާއެއްގެ މާލީ ޤާބިލުކަން ހުރި މިންވަރު އަންގައިދިނުމަށް ބޭންކް ސްޓޭޓްމަންޓް ހުށައަޅުއްވާކަމުގައިވާނަމަ، ފާއިތުވި 3 މަހުގެ ބޭންކް ސްޓޭޓްމަންޓް، އެ ސްޓޭޓްމަންޓޭއް ދޫކޮށްފައިވާ ބޭންކްގެ ތައްގަޑު ޖެހުމަށްފަހު ހުށައަޅަންވާނެއެވެ.

12       މި މނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން މަސައްކަތް ކުރާ އެއްވެސް އިދާރާއަކަސް ތަކެއްޗެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމަކާއި ޚިލާފުވެގެން ބްލެކް ލިސްޓް ކޮށްފައިވާ ފަރާތަކަށް، ބްލެކް ލިސްޓްކޮށްފައިވާ މުއްދަތު ހަމަނުވަނީސް މި މިނިސްޓްރީން ކުރާ އެއްވެސް އިޢުލާނަކަށް އަންދާސީ ހިސާބެއް ހުށަނޭޅޭނެއެވެ. އަދި ހުށައެޅިކަމުގައި ވީނަމަވެސް އެ އަންދާސީ ހިސާބު ބާޠިލުކުރުމުގެ ޙައްޤު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

13       މި އިޢުލާނާއި ގުޅިގެން ހުށައަޅާ އަންދާސީ ހިސާބުތަކުގައި ތިރީގައިމިވާ ލިޔުންތައް ނުވަތަ ލިޔުމެއް މަދުވެ ނުވަތަ ނެތްނަމަ        އެއަންދާސީ ހިސާބެއް ބާޠިލުކުރުމުގެ އިޚުތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އަންދާސީ ހިސާބު ބަލައިގަތުމަށްފަހުވެސް ތިރީގައި މި ދަންނަވާ ލިޔުންތައް ނެތްނަމަ އެފަދަ އަންދާސީ ހިސާބެއް ބާޠިލުކުރުމުގެ ޙައްޤު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

14.1 އަންދާސީ ހިސާބަކީ އަމިއްލަ ފަރުދެއްކަމުގައި ވާނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ/ ވިޔަފާރިކުރަމުންދާ ތަނެއްނަމަ ވިޔަފާރި ރެޖިސްޓްރޭޝަން ކޮޕީ ނެތުން

14.2 ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ނެތުން

14.3 އަންދާސީ ހިސާބު ފުރިހަމަވެފައި ނެތުން/ އަންދާސީ ހިސާބުގައި ސޮއިކޮށްފައި ނެތުން

14.4 ހުރިހާ އައިޓަމަކަށް އަގު ހުށައަޅާފައި ނެތުން، އައިޓަމްތަކުގެ އަގު ވަކި ވަކީން އެނގެން ނެތުން އަދި މުޅި މަސައްކަތުގެ ޖުމުލަ އަގާއި ޖީއެސްޓީގެ އަގު އަދި މަސައްކަތުގެ މުއްދަތު އެނގެންނެތުން

14.5 އެންމެ ފަހުގެ ޓެކްސް ކްލިއަރަންސް ފޯމް ހުށަހަޅާފައި ނެތުން ( ޖުލައި 2018 )

 

9 އޮގަސްޓް 2018

 

09 އޮގަސްޓް 2018
ހޯދާ