އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުބައްތިތަކާއި މަގުބައްތިތައް ދިއްލުމާއި މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުން.

ބަނދަރުބައްތިތަކާއި މަގުބައްތިތައް ދިއްލުމާއި މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުން.

             މިރަށުގެ ބަނދަރު ލައިޓްތަކާއި އިޖްތިމާޢީ ސަރަހައްދު ތަކުގައިވާ މަގުބައްތިތައް ، 6 ސެޕްޓެމްބަރ 2018 އިން 5 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ( 1 އަހަރު ދުވަހުގެ މުއްދަތައް ) ދިއްލާ މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ . މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައި މިވާ ތާރީޚަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފްކުރެއްވުން

އަންދާސީ ހިސާބު ހުށަހެޅުއްވުން

ތަން : އއ.ތޮއްޑޫ ކައުންސިލްގެ ޖަލްސާ ކުރާމާލަމް

ތަން : އއ.ތޮއްޑޫ ކައުންސިލްގެ ޖަލްސާ ކުރާމާލަމް

26 އޮގަސްޓު 2018 ވަނަ ދުވަހުގެ ހެދުނު 10:00 ގައި

29 އޮގަސްޓު 2018 ވަނަ ދުވަހުގެ ހެދުނު 10:00 ގައި

 

           

             އަންދާސީ ހިސާބު ހުށަހަޅުއްވާނީ އެކަމަށް ތައްޔާރުކޮށްފައިވާ " އަންދާސީ ހިސާބު ހުށަހަޅާ " ފޯމުންނެވެ. މަޢުލޫމާތު ސާފްކުރެއްވުމުގެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިގައްނަވާ ފަރާތްތަކަށް ފޯމް ދޫކުރެވޭނެއެވެ . މަޢުލޫމާތު ސާފްކުރެއްވުމުގެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިނުގައްނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެއެވެ . އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ލިޔުމެއް ހުށަހަޅަން ވާނެއެވެ . އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ޙާޒިރުވާ ފަރާތްތަކުގެ ހާޒިރުގައި އެބައްދަލުވުމުގައެވެ.

            މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު 2014/18 އަދި 2014/19 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

                                    

              މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                  27 ޛުލްޤައިދާ 1439 

                   09  އޮގަސްޓު 2018

                                                                    ޚަދީޖާ ނިއުޝާ 

                                                                  ކައުންސިލްގެ ރައީސާ

09 އޮގަސްޓް 2018
ހޯދާ