އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ފެންތާނގި ބަރި ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލްގެ އޮފީސް ކައިރީގައި މިހާރު ހަދާފައި ހުރި 4 ފެންތާނގީގެ ތާނގީ ބަރި ނަގާ، މި ސްކޫލުން ދޭ ކުރެހުމާ އެއްގޮތައް، ސްކޫލު ގޯތީގެ އިރު ދެކުނު ކަނުގައި އަލުން ފެންތާނގި ބަރި ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)GS80/2018/10 އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ބީލަމުގައި ވިޔަފާރިތަކުން ރަޖިސްޓްރީ ވެފައި ނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. އަދި މި މަސައްކަތަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން، 2018 އޯގަސްޓް 09 އިން 2018 އޯގަސްޓް 15 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް އުލިގަމު ސްކޫލަށް ޙާޟިރުވެ ނަން ނޯޓް ކުރެއްވުން އެދެމެވެ.

މި މަސައްކަތާގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2018 އޯގަސްޓް 16 ވާ ބުރާސްފަތި ދުވަހުގެ 11:45 ގައި އުލިގަމު ސްކޫލުގައެވެ.

އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2018 އޯގަސްޓް 26 ވާ އާދީއްތަ ދުވަހުގެ 11:45 ގައި އުލިގަމު ސްކޫލުގައެވެ.

މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢުލާނާ އެޓޭޗުކުރެވިފައި ވާނެއެވެ.

09 އޮގަސްޓް 2018
ހޯދާ