މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަ ދަނޑާއި ފުޓްސަލް ދަނޑާއި ބަށި ކޯޓް ފެނަކަ މަޑުއްވަރީ ބްރާންޗާއި ޙަވާލުކުރުން

އިޢުލާން

ފުޓްބޯޅަ ދަނޑާއި ފުޓްސަލް ދަނޑާއި ބަށި ކޯޓް ފެނަކަ މަޑުއްވަރީ ބްރާންޗާއި ޙަވާލުކުރުން

މިކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މިދަންނަވާ ތަންތަން ފެނަކަ ކޯޕަރޭޝަން މަޑުއްވަރީ ބްރާންޗާއި ޙަވާލުކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން އަންގާފައިވާތީ އެތަންތަން ފެނަކަ މަޑުއްވަރީ ބްރާންޗާއި ޙަވާލުކޮށްފީމެވެ.

  1. މަޑުއްވަރީ ފުޓްބޯޅަ ދަނޑު
  2. މަޑުއްވަރީ ފުޓްސަލް ދަނޑު
  3. މަޑުއްވަރީ ބަށިކޯޓް

2018 އޮގަސްޓް 08 ވަނަ ދުވަހުން ފެށިގެން މިދެންނެވި

ތަންތަނާއި ގުޅުންހުރި އެންމެހާ ކަންކަމުގައި ޒިންމާ އުފުލާނީ

ފެނަކަ ކޯޕަރޭޝަން މަޑުއްވަރީ ބްރާންޗުންނެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

09 އޮގަސްޓް 2018
ހޯދާ