ޏ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ރަޖިސްޓާރޑް ނާރސް

ޏ.އަތޮޅު ހޮސްޕިޓަލް

ފުވައްމުލައް، ދިވެހިރާއްޖެ

 

 

       އިޢުލާން

                                                              ނަންބަރ: (I)(I)HR/HR/2018/4

މިހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުހުރި،

ޤާބިލް މީހެކެވެ.

މަގާމު:

ރަޖިސްޓާރޑް ނާރސް

މަޤާމުގެ ނަންބަރ:

J-286718

ބޭނުންވާ އަދަދު:

01 ( އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގރ.1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޏ.އަތޮޅު ހޮސްޕިޓަލް

މުސާރަ:

މަހަކު 5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  4. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު -/700 ރ.(ހަތްސަތޭކަ ރުފިޔާ )
  5. ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1 . އެޑްމިޓްކުރެވޭ ބަލިމީހުންނަށް ބޭނުންވާ ނާރސިންގ ކެއަރ ޑޮކްޓަރުންގެ ލަފާގެ މަތިން ދިނުން.

2.  ހޮސްޕިޓަލަށް ވިހަން އަންނަ މާބަނޑުމީހުން ވިއްސުމުގެ ކަންތައްތަކުގައި އެހީތެރިވެދިނުމާއި ނާރސިންގ ސާރވިސަސްއަށް ބޭނުންވާ އެހެން ކަންތައްތަކުގައި އެހީތެރިވެދިނުން.

3. އައި.ސީ.ޔޫ،ވޯޑު، ލޭބަރ ރޫމް، އެން.އައި.ސީ.ޔޫ ފަދަ ނަރުހުންގެ ބެލުމުގެ ދަށުގައިވާ ތަންތަން ހުންނަން ޖެހޭ މިންގަނޑަށް ސާފުތާހިރުކަން ހިފެހެއްޓިފައިވޭތޯ ބަލައި ހައިޖީން އެންޑް އިންފެކްޝަން ކޮންޓުރޯލް ޔުނިޓުގެ އިންޗާޖްއާއި ގުޅިގެން ސާފުތާހިރުކަން ކަނޑައެޅިފައިވާ މިންގަނޑުގައި ހިފެހެއްޓުން.

4. ޏ.އަތޮޅު ހޮސްޕިޓަލުގެ އިންފެކްޝަން ކޮންޓުރޯލް ކުރުމުގެ ގޮތުން ހެދިފައި ހުންނަ ޤަވާޢިދުތަކަށް އިޙްތިރާމް ކުރުމަށް ބަލިމީހުންގެ އެހީތެރިންނަށް ނަސޭޙަތްތެރިވުމަށާއި އަދި އެމީހުންނަށް ބޭނުންވާ މަޢުލޫމާތު ( ޕޭޝަންޓް ކޮންފިޑެންޝިއަލިރޓީ އާއި އެއްގޮތަށް ) ފޯރުކޮށްދިނުން.

5.އިތުރު ފަރުވާއަށް ރަށުން ބޭރަށް ފޮނުވަންޖެހޭ ބަލިމީހުންގެ ކަންތައްތައް ސްޕަވައިޒަރާއި ކަމާބެހޭ ސެކްޝަންތަކާއި ގުޅިގެން ކުރުމާއި ދަތުރަށް ބޭނުންވާ އެންމެހައި ކަންތައްތަކުގައި އެހީތެރިވެދިނުން.

6. ކޮންމެ ޑިއުޓީއެއް ފެށުމާއިއެކު އިންވެންޓްރީ ނަގައި ފީމޭލް އެންޑް ޕީޑިއެޓްރިކް ވާރޑަށް ބޭނުންވާނެ ތަކެތި ހުރިތޯ ބަލައި، މަދުވާތަކެތި ސްޕަވައިޒަރގެ ލަފާމަތީން ކަމާބެހޭ ސެކްޝަނާއި ގުޅިގެން ހޯދައި ހަމަކުރުން.

7. ނާރސިން ސާރވިސް ( ފީމޭލް އެންޑް ޕީޑިއެޓްރިކް ވާރޑް ) އަށް ބޭނުންވާ ތަކެތި، ( މެޝިނަރީސް، އިކުއިޕްމަންޓް، އަދި އިންސްޓްރޫމަންޓް، ކޮންސިއުމަބަލްސް ފަދަ ތަކެތި ) ހޮސްޕިޓަލުން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ސްޕަވައިޒަރގެ މަޝްވަރާގެ މަތިން ކަމާބެހޭ ސެކްޝަނާއި ގުޅިގެން ހޯދާ ހަމަކުރުން.

8. މެއިންޓަނެންސްގެ ސާރވިސް ބޭނުންވާ މެޝިނަރީސް، އިކުއިޕްމަންޓް ފަދަ ސްޕަވައިޒަރގެ މަޝްވަރާގެ މަތިން ކަމާބެހޭ ސެކްޝަނަކާ ގުޅިގެން ހައްލުކޮށް، ނާރސިންގ ސާރވިސް ( ފީމޭލް އެންޑް ޕީޑިއޭޓްރިކް ވާރޑް ) އިން ނައްތާލާތަކެތި ކަނޑައެޅިފައިވާ އުޞޫލުން ނައްތާލުން

9. ހޮސްޕިޓަލުން ހިންގާ ހެލްތް ޕްރޮމޯޝަން އެކްޓިވިޓީތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކަށް އިސްނެގުމާއިއެކު ބައިވެރިވުން.

10. މީގެ އިތުރުން ވެސް ކުއްލިއަކަށް ދިމާވާ ކަންތައްތައް އޮފީހުން އަންގާ ގޮތެއްގެ މަތިންކުރުމާއި، އެހެނިހެން މުވައްޒަފުން އެހީތެރިވެދިނުމާއި އާއްމުކޮށް މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ދާއިރާ ފިޔަވައި އެހެން ދާއިރާތަކުގެ މުވައްޒަފުން ބައިވެރިވެގެން ކުރާ މަސައްކަތްތަކުގައި އިސްނެގުމާއެކު ޢަމަލީގޮތުން ބައިވެރިވުން.

 

 

 

މަޤާމުގެ ޝަރުތުތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި މިއޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޯގަސްޓް 2018 ގެ 12:00 ގެ ކުރިން، މިހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected] އަދި ފެކްސް 6860919 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މިވަޒީފާއަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2018 އޯގަސްޓްމަހުގެ ތެރޭގައި މިހޮސްޕިޓަލުގެ މީޓިންގ ރޫމްގައެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6861860 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6860919 އެވެ. އީ- މެއިލް ކުރާނީ [email protected]  އަށެވެ.

 

24 ޛުލްޤައިދާ     1439ހ.

07 އޯގަސްޓްް     2018މ.

07 އޮގަސްޓް 2018
ހޯދާ