މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ޅައިމަގު ރައްޔިތުންގެ ރުއްގަސް ކުއްޔަށް ދޫކުރުން

     ށ. ޅައިމަގު ރައްޔިތުންގެ ރުއްގަސް މީލާދީ 2 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ. ކުއްޔަށް ހިފުމަށްޓަކާ  ހުށަހެޅޭ  އެންމެކުޑަ  ކުއްޔަކީ  އަހަރަކު 2500.00 ( ދެހާސް ފައްސަތޭކަ ރުފިޔާ ) ރުފިޔާއެވެ. ރައްޔިތުންގެ ރުއްގަސް ކުއްޔަށްދެވޭނީ " ގޮއިފާލައްބަ ހިންނަފަދަ ތަންތަން ކުއްޔަށްދިނުމާބެހޭ ޤަވާޢިދު " ގައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެބޮޑު ކުއްޔެއް ހުށަހަޅުއްވާ ފަރާތަކަށެވެ.

 

     ވީމާ، ރައްޔިތުންގެ ރުއްގަސް ކުއްޔަށް ހިއްޕަވަން ބޭނުންފުޅުވާ ފަރާތްތަކުން 30 އޯގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ 13.00 ށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 02 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 13.00 ށް ކުލި ހުށަހަޅުއްވާ ސިޓީހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެންދެއްވުންއެދެމެވެ. އަގު ހުށަހެޅުއްވުމަށް ބަދަލުގައިމީހަކު ފޮނުއްވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ސިޓީ ފޮނުއްވުންއެދެމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން އަގުހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އަގުހުށްހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަވެސް ދަންނަވަމެވެ.

     ރައްޔިތުންގެ ރުއްގަހާބެހޭ ޤަވާޢިދާއި، މިރަށު ރައްޔިތުންގެ ރުއްގަހާބެހޭ މަޢުލޫމާތު ރަސްމީދުވަސްދުވަހު މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

 

     މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

07 އޮގަސްޓް 2018
ހޯދާ