ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ވިޓްނަސް އެންޑް ވިކްޓިމް ޕްރޮޓެކްޝަން ސިސްޓަމް ހޯދުމާބެހޭ

މިޑިޕާޓްމަންޓުގެ ނަންބަރު 198F/2018/59 ޢިއުލާނާ ގުޅިގެން ވިޓްނަސް އެންޑް ވިކްޓިމް ޕްރޮޓެކްޝަން ސިސްޓަމްތައް ސަޕްލައިކޮށްދިނުމަށް އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން ވިޓްނަސް އެންޑް ވިކްޓިމް ޕްރޮޓެކްޝަން ސިސްޓަމްތައް ހޯދުމަށް އިޢުލާން ކުރަމެވެ.

މިކަމާއިބެހޭ މަޢުލޫމާތުޝީޓް މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބެންހުންނާނެއެވެ. މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 އޮގަސްޓް 16 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޮގަސްޓް 30  ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މިޑިޕާޓްމަންޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ޛުލްޤައިދާ 1439

08 އޮގަސްޓް 2018
ހޯދާ