މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

އިޢުލާނު

 

 

 

މަޤާމް:

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު:

J-296629

ބޭނުންވާ އަދަދު:

01  (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ޕޮލިޓެކްނިކް

މުސާރަ:

11،065 ރުފިޔާ

ސަރވިސް އެލަވަންސް:

2،000 ރުފިޔާ

އެހެނިހެން އެލަވަންސް:

1 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިގެ ފައިސާ.

 4. ހަމަޖެހިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސް އަދި ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ 28 ޕަސެންޓް.

 

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވަޒީފާތަކަށް އެވަގުތަކަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ހުނަރުތަކުގެ ތަމްރީން ޕްރޮގްރާމް ރާވައި ހިންގުމާއި، މި ތަމްރީންތައް ހިންގުމުގައި ވަޒިފާ ދޭ ފަރާތްތަކުގެ އެހީތެރިކަމާއި އެބާރުލުން ހޯދުން.
  2. މޯބައިލް ސްކިލްސް ޓްރޭނިންގ ޕްރޮގްރާމްތައް ރާވައި ހިންގުން.
  3. ވަޒީފާ ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ހުނަރުތަކާބެހޭ މައުލޫމާތު ދިނުން.
  4. ފަންނީ ހުނަރުވެރިކަން އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ ތަމްރީން ދިނުމުގެ ވަސީލަތްތައް ހަމަޖެއްސުން.
  5. މަސައްކަތްތެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމާއި ތަމްރީނުގެ މަރުހަލާއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް މަގުފަހިވާގޮތަށް ތަމްރީންތައް ފަރުމާކުރުން.
  6. ހުނަރުވެރި މަސައްކަތްތެރިންނަށް އޯޕަން ލާރނިންގއާއި އީލާރނިންގ މެދުވެރިކޮށް ތަމްރީންވުމުގެ ފުރުސަތުތައް ހޯދައިދިނުން.
  7. މަސައްކަތްތެރިކަމުގެ ދާއިރާއިން މަތީ ތައުލީމާއި ތަމްރީންގެ މަރުހަލާއަށް ދިއުމަށް ބޭނުންވާފަރާތްތަކަށް އެކަމަށް މަގުފަހިވާގޮތަށް ތަމަރިންތައް ފަރުމާކުރުން.
  8. ރާއްޖޭގެ އެކިއެކި ރަށްރަށުގައި ނުވަތަ ސަރަޙައްދުތަކުގައި އާލާވެފައިވާ މަސައްކަތްތެރިކަމާއި ޚާއްސަ ފަންނުތައް (މިސާލު: ކިއްސަރު ވަޑާން، އަތްކަން ކުރުން، ލިޔެލާޖެހުން، ވިޔުމާއި ޖަރީކުރުމުގެ މަސައްކަތް) ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުން.
  9. ޓެކްނިކަލް އަދި ކޮވޭޝަނަލްގެ ދާއިރާތަކުން އައު އުފެއްދުންތަކާއި އައު އީޖާދުތައް އީޖާދުކުރުމަށް ބާރުއަޅައި، އެފަދަ އުފެއްދުންތަކާއި އީޖާދުތައް ފެތުރުން.
  10. ޕޮލިޓެކްނިކުން ހިންގާ ތަމްރީނާގުޅޭ ދިރާސާތައްކޮށް، އެ ދިރާސާތައް ޝާއިޢުކުރުން.
  11. އޮފީހުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅޭ ސިޔާސަތުތައް ތަންފީޒުކޮށް ނަތީޖާ ޙާސިލްކުރުން.
  12. އޮފީހުގެ މަސައްކަތްތައް ހަލުވިކޮށް ޚަރަދުކުޑަކޮށް ކުރެވޭނޭގޮތްތައް ހޯދާ ތައާރަފްކުރުން.
  13. އޮފީހުގެ ބަޖެޓް ތައްޔާރުކުރުން، އަދި ލިބޭ ފައިސާ ކަނޑައަޅާފައިވާ ގޮތަށް ޚަރަދުކުރުން.
  14. ކޯސްތައް ހިނގާ ނުހިނގާގޮތް ބަލައި އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް އެޅުން.

 

މަޤާމުގެ ޝަރުތުތައް:

  1. އެޑިޔުކޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 2. އެޑިޔުކޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް     9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި       މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމީ ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ޙާސިލްކޮށްފައިވާ ތައުލީމަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލްކަން ކަށްވަރުކުރުމަށް ކުރާ އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލްސްއިން.

ރ. މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ތަމްރީނަށް ބަލައިގެން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅާ ތަކެތި ހުށަހަޅާނީ 16 އޯގަސްޓް 2018 ގެ 14:00 ގެ ކުރިން، މޯލްޑިވްސް ޕޮލިޓެކްނިކްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް    މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.  

އިންޓަވިއު /

ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 26 އޯގަސްޓް 2018 އާއި 6 ސެޕްޓެމްބަރ 2018  އާ ދެމެދު، މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3305415 އަށެވެ. އީ-މެއިލް ކުރާނީ[email protected]  އަށެވެ.

08 އޮގަސްޓް 2018
ހޯދާ