މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ބިޒްނަސް ޑިވެލޮޕްމަންޓް ސްޕެޝަލިސްޓް

އިޢުލާން

 

މި މިނިސްޓްރީން ކޮށްފައިވާ އިޢުލާން ނަންބަރު (IUL)101-EP/1/2018/137 އިން، ތިރީގައި އެވާ މަޤާމަށް އެކަށީގެންވާ ވަރަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހަޅުއްވާފައި ނުވާތީ،މި މަގާމަށް ކުރިމަތިލެއްވުމަށް އަލުން އިޢުލާން ކުރަމެވެ. މި މަޤާމާއި ގުޅޭ މަޢުލޫމާތު، މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv ގައިވާ ޓާރމްސް އޮފް ރިފަރެންސް ގައި ބަޔާން ކުރެވިފައިވާނެއެވެ.    

-  01 ބިޒްނަސް ޑިވެލޮޕްމެންޓް ސްޕެޝަލިސްޓް

މި މަޤާމަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާއި އެކު އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައެވެ. މިނިސްޓްރީއަށް މިވަޒީފާތަކަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

 

  •    ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  •    ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  •    މަޤާމާއި ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާސާއެއް ސިޓީ ގައި ހިމެނިފައިވާންވާނެއެވެ.
  •    ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
  •    ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ

 

މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް ގައިވާ ގޮތުގެ މަތިން،16 އޮގަސްޓް 2018 ގެ 12:00 ގެ ކުރިން، ވަޒީފާއަށް އެދޭކަމަށް ބަޔާންކޮށް ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި 'މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

 

ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ވަޒީފާއަށް އަދި ސިޓީ ހުށަޅާނީ:     

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.                              

ފޯނު: 3333104،3333124 (960)+                                

އީމެއިލް: [email protected]

 

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

08 އޮގަސްޓް 2018
ހޯދާ