ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ޢިދާރާއަށް މަސައްކަތު މީހެއް ހޯދުން

 

 

މުވައްޒަފަކު ބޭނުންވެއްޖެ.

 

މަޤާމް:

މަސައްކަތު

  

މަޤާމުގެ ނަންބަރު:

226937

 

ބޭނުންވާ އަދަދު:

1 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

އެސް. އެސް 1

  

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ

 

މުސާރަ:

3100.00 (ތިންހާސް އެއްސަތޭކަރުފިޔާ)

  

ސަރވިސް އެލަވަންސް:

1000.00 (އެއްހާސް ރުފިޔާ)

 

ސަޕޯޓިންގ ކޯރ އެލަވަންސް

1200.00 ( ބާރަސަތޭކަ ރުފިޔާ )

 

  • އިތުރު އިނާޔާތްތައް:
  • * ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • * ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • * ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.
  • * ސިވިލް ސަރވިސް ޤަވާއިދުގައި ވާގޮތުގެ މަތިން އެހެނިހެން އެލަވަންސްތައް.

 

 

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

01-  ކޮންމެ ދުވަހަކު ހެނދުނު ކައުންސިލްއިދާރާ ފޮޅާ ސާފުކުރުމާއި މޭޒުތަކާއި ގޮނޑިތައް ފޮޅާސާފުކުރުމާއި ހަފްތާއަކު އެއްފަހަރު އޮފީސްތެރެ މޮޕްއަޅާ ސާފުކުރުން.

02-   ކައުންސިލް އިދާރާގެ ފަންކާތަކާއި ހޮޅިބުރި، ބޮކިއަދި ސީލިންގ ފަންކާތައް މަހަކު ދެފަހަރު ފޮޅާ ސާފުކުރުން.

03-   ކައުންސިލް އިދާރާއިން އެކި ފަރާތްތަކަށް ރައްދު ކުރުމަށް ޙަވާލުކުރެވޭ ލިޔެކިޔުންތައް އަމާނާތްތެރި ކަމާއި އެކު ޙަވާލުކުރުމާއި އަދި ކައުންސިލް އިދާރާގެ ސިއްރުތައް ހިފެހެއްޓުން.

04-   ކައުންސިލް އިދާރާގެ ފައިލް ބަހައްޓާ ހަރުތަކާއި ކޮމްޕިއުޓަރރެކްތަކާއި ނޯޓިސްބޯޑު އަދި މިނޫނަސް ހިރަފުސް ހަރުލާފައި ހުންނަ މިފަދަ ތަންތަން ހަފްތާއަކު ދެދުވަހު ފޮޅާ ސާފުކުރުން.

05-   ކޮމްޕިއުޓަރ ސިސްޓަމްތަކާއި ފޮޓޯކޮޕީ އަދި ފެކްސް މެޝިންފަދަ ތަކެތި ދުވާލަކު އެއްފަހަރު ފޮޅާ ސާފުކުރުން އަދި ފޮޅާ ސާފުކުރުމުގައި ތަކެއްޗަށް ގެއްލުން ނުވާނޭ ފައިދައިން ފޮޅާސާފުކުރުން.

06-   މަހަކު އެއްފަހަރު ކައުންސިލް އިދާރާގެ ވަޅުދިޔަ ހިއްކުން.

07-   ކައުންސިލް އިދާރާގައި ހުރި 02 ފާޚާނާ ސާފޮކޮށް ބެލެހެއްޓުން.

08-   ކައުންސިލް އިދާރާއިން އަންގާގޮތެއްގެ މަތީން އިދާރާއަށް ޙާޟިރު ކުރަންޖެހޭ މީހުން ޙާޟިރު ވުމަށް އެންގުން.

09-   އިދާރާގެ ގޯތިތެރޭގައި ބަގީޗާ އިންދާ ބެލެހެއްޓުން.

10-   ކައުންސިލް އިދާރާއާއި ރައްޔިތުންގެ ބޭނުންތަކަށް ކައުންސިލް އިދާރާއިން އިންތިޒާމުކުރާ ޖަލްސާތަކާއި ބައްދަލުވުންތައް ބޭއްވުމާއިބެހޭގޮތުން ކުރަންޖެހޭ އެންމެހާ އިންތިޒާމުތައް ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތީން ހަމަޖެއްސުން.

11-   ކައުންސިލް އިދާރާގެ ގޯތިތެރެއާއި އަދި ގޯއްޗާއި ގުޅިފައިވާ މަގުތަކާއި ބަގީޗާ ކޯރުތައް ހަފްތާއަކު ދެދުވަހު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.

12-  ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ކައުންސިލް އިދާރާއިން ހަމަޖައްސާ އުސޫލެއްގެ މަތީން ބައިވެރިވުން.

13-   ސަރުކާރުން ރަށަށް ވަޑައިގަންނަވާ ބޭފުޅުންގެ ލަގެޖް އުފުލުމުގައި އެހީތެރިވެދިނުން.

14-  ވާރޭފެން އެޅުމަށްޓަކައި ކައުންސިލް އިދާރާގެ ގޯތިތެރޭގައި ބެހެއްޓިފައިވާ ވާރޭފެންއަޅާ ތާންގީތައް ސާފުކޮށް ފެންއަޅާ ބެލެހެއްޓުން.

15-  ކައުންސިލްގެ އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތްތަކުގައި ބައިވެރި ވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

16-  ކައުންސިލްގެ މަޤްސަދު ޙާޞިލް ކުރުމަށްޓަކައި ކައުންސިލުން އަންގާ ގޮތެއްގެމަތީން މަސައްކަތްކުރުން.

17-  ކައުންސިލުން ކަނޑައަޅާ މިނޫންވެސް މަސައްކަތްތައްކުރުން

 

 

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން އެގުން.

ނޯޓް:

ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ލިޔަންކިޔަން އިނގޭކަމަށް ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ. 

   

ހުށަހަޅަންޖެހޭ ލިޔުންތައް:

1) ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2) ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3) ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4) ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5) ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

      (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

     (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6) ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7) ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓުފިކެޓްގެކޮޕީ.

8)  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

      (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުންދޫކޮށްފައިވާ ލިޔުން.

       (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް

ހޮވުމަށް ބެލޭނެ ކަންތައްތައް:

1) ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2)      މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3)      ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

  

މަޤާމަށް އެދެންވީގޮތާއި ސުންގަނޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޮގަސްޓް 2018 ގެ 14:00 ގެ ކުރިން، ބަނޑިދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6760662 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 16 އޮގަސްޓް 2018 އާއި 16 ސެޕްޓެމްބަރ 2018 އާ ދެމެދު ބަނޑިދޫ ކައުންސިލްގެ އިދާރާގައެވެ.

 

ސޯޓް ލިސްޓްކުރުން:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭފަރާތްތައް ސޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު:

މިމަޤާމާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންފުޅުވެލައްވާނަމަ މި އިދާރާގެ ނަންބަރު: 6760045 ނަންބަރު ފޯނަށް ގުޅުންވުން އެދެމެވެ.

  

 

   

06 އޮގަސްޓް 2018
ހޯދާ